Advertisement

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް --

11 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ބޯޑު މެމްބަރުން ވަކިކޮށްފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑު މެމްބަރުންގެ ތެރެއިން، 8 ކުންފުންޏެއްގެ ބޯދު މެމްބަރުން މަޤާމުން ވަކިކޮށްފިއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) މިއަދު ހާމަކޮށްފައިވާ ގޮތުގައި، 8 ކުންފުންޏެއްގެ ބޯޑުން މެމްބަރުން ވަކިކުރުމުގެ އިތުރުން، ދެކުންފުންޏެއްގެ ބޯޑަށް ދެ މެމްބަރަކު ވަނީ ޢައްޔަނުކޮށްފައެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ހާމަކޮށްފައިވާ ގޮތުގައި އެބަދަލުތައް ގެނެސްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުންފެށިގެންނެވެ.

މިގޮތުން، އެޗްޑީސީގެ ބޯޑު މެމްބަރުންގެ ގޮތުގައި ތިއްބެވި، މ. ހަނިފަރު މުޙައްމަދު ރަޝީދާއި، ޅ. ނައިފަރު އަލިހިޔާގޭ، ހާމިދު ޞާދިޤު މަޤާމުން ވަކިކުރައްވައި، އެކުންފުނީގެ ބޯޑަށް، ސ. ހުޅުދޫ، ޖަމްނާ، ޒިދުނާ އިބްރާހީމް ވަނީ ހަމަޖައްސަވާފައެވެ. އަދި މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ބޯޑު މެމްބަރު ކަމުގެ މަޤާމުން، ބ. މާޅޮސް މިޔަލަނިގެ، މުޙައްމަދު ޢަބްދުﷲ އާއި، ތ. ކިނބިދޫ ކަންމަތީގެ ، މުޙައްމަދު ނާޝިދު ވަކިކުރެއްވުމަށްފަހު އެކުންފުނީގެ ބޯޑު މެމްބަރު ކަމުގެ މަޤާމަށް ހ. ވައި ފިލާގޭ ހައްވާ ސަފްނާ ވަނީ ހަމަޖައްސަވާފައެވެ.

މީގެ އިތުރުން ދެން ބޯޑު މެމްބަރުން ވަކިކުރެއްވި ކުންފުނިތަކާއި މެމްބަރުންނަކީ؛

އައްޑޫ އިންޓަރނޭޝަނަލް އެއާޕޯޓް ޕްރައިވެޓް ލިމިޓެޑްގެ ބޯޑުން ވަކިކުރެއްވި މެމްބަރުންނަކީ؛

1- ޙުސައިން މުޙައްމަދު ދީދީ - ދަފްތަރު ނަމްބަރު 4286، މާލެ

2- ޝާތިފް ޢަލީ - ނޫކޮކާކެ، ސ. ފޭދޫ

3- ޝަޒުރާ ޝާކިރު - މޫންލައިޓް ، ސ. ފޭދޫ

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުގެ ބޯޑުން ވަކިކުރެއްވި މެމްބަރުންނަކީ؛

1- ލަމްޔާ އިބްރާހީމް - މއ. ނޫރީ، މާލެ

2- އަޙްމަދު އިފްތިހާރް - މ. ލިއުޒިއާނާ، މާލެ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުން ވަކިކުރައްވާފައިވާ މެމްބަރުންނަކީ؛

1- ޗެއަރޕަރސަން - އަޙްމަދު ޝަހީރު - މ. ލާލުބާޣު، މާލެ

2- އިބްރާހިމް ނާއިފް - ބަގީޗާގެ، ލ. ފޮނަދޫ

3- އަޙްމަދު އީހާބު - ހ. އިރުދޮށުގެ، މާލެ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑުންގެ ބޯޑުން ވަކިކުރެއްވި މެމްބަރުންނަކީ؛

1- ޢަލީ ނަބީލު - ގަނދަކޯޅިގެ، ދިގުވާނޑު، ޏ.ފުވައްމުލައް

2- މުސްތަފާ މުޙައްމަދު - ދަފްތަރު ނަމްބަރު 7538، މާލެ

3- ޢަލީ އިކްރާމް - އަސަރީގެ - ގދ. ތިނަދޫ

މީގެ އިތުރުން ފަހިދިރިއުޅުން ކޯަރޭޝަންގެ ބޯޑުން މއ. އަކިރިފުށި ދެކުނު ބައި، ނަޖީލް އަޙްމަދު، ޕޮލިސް ވެލްފެއަރ ކޯޕަރޭޝަންގެ ބޯޑުން، ޏ. ފުވައްމުލައް ދިގުވާނޑު، ނޫރުވާދީ ޢަލީ ނަޛީރު، އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑްގެ ޗެއަރ ޕަރސަން، ދަފްތަރު ނަމްބަރު، 3555، ޝުހާދު އިބްރާހީމާއި، ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ބޯޑުން، މ. ނިޔަދުރުގެ ނާހިޔާ މުޙައްމަދު ވަނީ ވަކިކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.