Advertisement

ބަނގުލަދޭޗްގެ ގާނޫނު ހަދާ މަޖިލިސް ދޮށަށް ރައްޔިތުން އެއްވެފައިވާތަން، ފޮޓޯ: އޭއެފްޕީ

07 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިންޒާރުތަކަކާ ގުޅިގެން ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި

އިންޒާރުތަކަކާ ގުޅިގެން ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އަންގާރަ ދުވަހު އުވާލައިފިއެވެ. މަޖިލިސް އުވާލުމަށްފަހު، ރިޔާސީ ގަނޑުވަރުން ވަނީ އެކަން އިއުލާން ވެސް ކޮށްފައެވެ.

ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލުމުގެ އިންޒާރު ދީފައިވަނީ، އެ ގައުމުގައި މިހާރު ކުރިޔަށްދާ މުޒާހަރާ އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، ނާހިދު އަލް-އިސްލާމް ފޭސްބުކްގައި ޝާއިޢުކުރި ޕޯސްޓެއްގައެވެ. މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިތުރު ތިން މީހުންނާ އެކު އޭނާ ފޭސްބުކްގައި ޝާއިޢު ކޮށްފައިވާ ވީޑިޔޯގައި މަޖިލިސް އުވާލުމަށް ދިނީ އަންގާރަ ދުވަހުގެ މެންދުރުފަހު 3 ޖެހުމާއި ހަމައަށެވެ. އަދި އެކަން ނުކޮށްފި ނަމަ، އެ ކަމާ ދެކޮޅަށް ހަރުކަށި ޕުރޮގުރާމެއް ހިންގަން މުޒާހަރާގެ ބައިވެރިން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ބުނެފައި ވެއެވެ.

ބަނގުލަދޭޝްގެ ގާނޫނު ހަދާ މަޖިލިސް އުވާލާފައި މިވަނީ، އެ ގައުމުގެ ބޮޑުވަޒީރު ކަމުގެ މަޤާމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވާފައިވާތާ އެއް ދުވަސް ފަހުންނެވެ. ޝެއިހް ހަސީނާ އިސްތިއުފާ ދެއްވީ މަހެއްހައި ދުވަހަށް ދެމިގެން ދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ.

މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު 300އަށްވުރެ ގިނައެވެ. އޭގެ ތެރޭގައި ގިނައީ، މުޒާހަރާތަކުގައި ބައިވެރިވި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނެވެ.

ހަސީނާ އިސްތިޢުފާ ދެއްވުމުން ބަންގްލަދޭޝްގެ ހުރިހާ ބާރުތަކެއް ފުރޮޅިގެން ގޮސްފައި ވަނީ އަސްކަރިއްޔާގެ ދަށަށެވެ. އަސްކަރިއްޔާގެ އިސް ކޮމާންޑަރު، ޖެނެރަލް ވާކިރު އަލް-ޒަމާން ވިދާޅުވީ ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.