Advertisement

މުޒާހަރާކުރާ މީހުން ޝައިޚް ހަސީނާގެ ގެކޮޅުގައި --- ފޮޓޯ: އަލް ޖަޒީރާ --

05 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

މުޒާހަރާ ކުރި މީހުން ހަސީނާގެ ގެކޮޅު ލޫޓުވާލައިފި

މަހަކަށް ވުރެ ގިނަ ދުވަހަށް ދިގު ދެމިގެންދިޔަ މުޒާހަރާތަކަށް ފަހު ބަނގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަޤާމުން އިސްތިއުފާ ދެއްވައި ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމާއި އެކު، މުޒާހަރާކުރި މީހުން ހަސީނާގެ ގެކޮޅަށް ވަދެ އެ ގެކޮޅުގައި ހުރި މުދަލާއި ބައެއް ތަކެތި ލޫޓުވާލައިފިއެވެ.

ބަނގުލަދޭޝްގެ އަސްކަރިއްޔާއިން ވަނީ، މުޒާހަރާގައި ބައިވެރިވި މީހުން، ހަސީނާގެ ގެކޮޅަށް ވަދެ ގަތުމަށް ކުރި މަސައްކަތްތައް ނުހުއްޓުވައި ދޫކޮށްލާފައެވެ. އެގެކޮޅުގެ ތެރެއަށް ވަދެގަތް އާއްމުން ވަނީ، ހަސީނާ ނިދިކުރައްވާ އެނދުމަތީގައި ފޮޓޯތައް ނަގައި އާއްމުކޮށްފައެވެ. މީގެ އިތުރުން އެ ގެކޮޅުގައި މިއަދުގެ މެންދުރުގެ ފަރިއްކޮޅަށް ތައްޔާރުކޮށްފައި ހުރި ބައެއް ކާބޯތަކެތިވެސް އާއްމުން ކާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލްމީޑިއާގައި ދައުރުވެފައިވެއެވެ.

މުޒާހަރާގެ އާއްމުން އެގެކޮޅަށް ވަދެ ގެއްލުންދީ ލޫޓުވުން ހުއްޓުވުމަށް ބަނގުލަދޭޝް އަސްކަރިއްޔާއިން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ، އެގެކޮޅުގައި ހުރި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނާއި، ޝައިޚް ހަސީނާގެ އަންނައުނާއި، އަދި އެތެރެއިން ލުމަށް ބޭނުންކުރާ އަންނައުނުތައްވެސް ލޫޓުވައިގެން ގެންގޮސްފައެވެ.

ބަނގުލަދޭޝްގެ އަސްކަރިއްޔާއިން ވަނީ އެޤައުމުގެ ކޮންޓްރޯލް ނަގައި ވަގުތީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލާނެ ކަމަށް ބުނެފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޝައިޚް ހަސީނާ މިވަގުތު ހުންނެވީ އިންޑިއާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.