Advertisement

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު --

06 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ދައުރު ފުރިހަމަ ނުކުރެއްވިދާނެ ކަމަށް އުމަރު ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެއްވިދާނެކަމަށް ވިދާޅުވެ، ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވާހަކަފުޅު ދައްކަވައިފިއެވެ.

އުމަރު މިމޭރުމުން ވާހަކަފުޅު ދައްކަވާފައި ވަނީ، ރާއްޖެ ޓީވީން ހޯމަ ދުވަހު ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އުމަރު ނަސީރު ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒަަށް ވެރިކަމުގެ ދައުރު ފުރިހަމަ ނުކުރެވޭނެ ކަމަށް ބައެއް ފަރާތްތަކުން ވާހަކަދައްކަމުން ގެންދާ ކަމަށާއި، އެކަން އޭނާވެސް ޤަބޫލުކުރައްވާ ކަމަށެވެ. އޭގެ ސަބަބެއް ކަމުގައި އުމަރު ވިދާޅުވީ، ރައީސް މުޢިއްޒު ދައްކަވާ ވާހަކަފުޅުތަކާއި އެމަނިކުފާނު ޢަމަލު ކުރައްވަމުންގެންދަވާ ގޮތްތައް ތަފާތު ވުމެވެ.

އުމަރު ފާހަގަކުރެއްވި ގޮތުގައި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުވެ ވެރިކަން ވެއްޓިގެން ދިޔުމުގެ ސަބަބަކަށް ވެގެންދާނީ އެމަނިކުފާނު އެކި ކަންކަމުގައި ހައްދަވާފައިވާ އިތުރުފުޅުތަކެވެ. މިގޮތުން އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމުގައި ޢަމަލު ކުރެއްވި ގޮތާއި، އިޒްރޭލް ޕާސްޕޯޓް މަނާކުރުމުގައި ޢަމަލުކުރައްވަމުން ގެންދަވާ ގޮތާއި، ރާއްޖޭގެ މާލީ ހާލަތާއި އިޤުތިޞާދަށް އަންނަމުންދާ ހީނަރުކަން އުމަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ފެންނަ މަންޒަރަކީ، ވަރަށް ސީރިއަސްކޮށް މިދަންނަވަނީ، އަޅުގަނޑަށް ފެންނަ މަންޒަރަކީ، ހަމަ އަޅުގަނޑުމެންގެ ޤައުމު ޑިފޯލްޓްކަށްދާ މަންޒަރު. އެއީ ވަރަށް ބޮޑު ނުރައްކަލަކަށް ވާނެ ހުރިހާ ވިޔަފާރިތަކަށާއި، އަދި ގަވަރނަންސްއަށްވެސް ވަރަށް ބޮޑު ދަތިކަމަކަށް ވާނެ. އެކަމުން ސަލާމަތްވެވެން އޮތީ އެންމެ ގޮތެއް. އެއީ ޚަރަދު ކުޑަކޮށްގެން. އެންމެ ފުރަތަމަ ޚަރަދު ކުޑަކުރައްވަން ވާނީ، ސަރުކާރުގައި ތިއްބެވި ބޭފުޅުން."

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު --

މިނިސްޓަރ އުމަރު ވިދާޅުވީ، މިސަރުކާރަށް އޭނާ ދެއްވާނީ 100 އިން 40 މާކްސް ކަމަށެވެ. އަދި ރައީސް މުއިއްޒު އިތުރުފުޅު ހައްދަވަނީ މާގިނައިން ކަމުގައިވެސް އުމަރު ވިދާޅުވިއެވެ. މިގޮތުން ރައީސް ޔާމީން މިނިވަންކުރެއްވުމާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ޤައުމިއްޔަތާއި ގުޅޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކަކީ، ވެރިކަން ހޯއްދެވުމަށް ދެއްކެވި ވާހަކަފުޅު ތަކެއް ކަމުގައި އުމަރު ވިދާޅުވިއެވެ. އުމަރު ވިދާޅުވީ، އޭނާ އެންމެ ކަންބޮޑުވެވަޑައިގަންނަވަނީ، އިޒްރޭލް ޕާސްޕޯޓު މަނާކުރުން ދިގުދަންމަމުން ގެންދިޔުމާއި، އިންޑިއާ ސިފައިން ބޭރު ކުރުމާއި ގުޅޭ ގޮތުން ޢަމަލުކުރެއްވި ގޮތް ކަމަށެވެ.

"އަޅުގަނޑު ސޮއިކޮށްފަ ދޭނަން، އިތުރު ފަސް އަހަރެއް ނުލިބޭނެކަން... ދެން ވަރަށް ގިނަ މީހުން ޝައްކުކުރޭ ތިއާ (ވެރިކަމުގެ ދައުރު ފުރިހަމަކުރެވުމާއި) ދޭތެރެގައިވެސް. އަޅުގަނޑުވެސް ޝައްކު ކުރަން ވެރިކަމުގެ ދައުރު ފުރިހަަމަ ކުރެއްވިދާނެ ކަމާއި ދޭތެރޭގައިވެސް."

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު --

އުމަރު ވިދާޅުވީ 2026 ވަނަ އަހަރު، އިޤުތިޞާދީދަތިތައް ވަރަށް ބޮޑުވެގެންދާނެ ކަމަށެވެ. އަދި އެފަދަ ހާލަތަކާއި ގުޅުވައި، ސްރީލަންކާގައި ބޮޑުވަޒީރު މަހިންދަ ރާޖަ ޕަކްސާ އާއި ރައީސް ގޮތަބަޔަ ރާޖަޕަކްސާގެ ވެރިކަން ނިމިގެން ދިޔަ ގޮތް އުމަރު މިސާލެއްގެ ގޮތުން ފާހަގަކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގެ މިސްރާބުވެސް ހުރީ އެފަދަ ދިމާލަކަށް ކަމުގައި އުމަރު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އުމަރު ނަސީރަކީ، 2012 ވަނަ އަހަރު އެމްޑީޕީގެ ސަރުކާރު ވައްޓާލުމަށް ކުރި މުޒާހަރާތަކާއި ހަޅުތާލުތަކުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތެކެވެ. ހަރުކަށި ސިޔާސަތު ތަކަށް ތާޢީދުކުރައްވާ އުމަރު ނަސީރަކީ، ދެ ފަހަރަށް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ލީޑަރެކެވެ. 

2008 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އުމަރު ނަސީރު ވާދަކުރެއްވި އިރު، އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އުމަރަށް ތާއީދުކުރާ މީހުންގެ ނިސްބަތް މަތިވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.