Advertisement

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް --

07 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާހައި ފައިސާ ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި ކަމުގައި ފަލާޙް ވިދާޅުވެއްޖެ

ޚިޔާނާތުގެ ތުހުމަތުތައް ރައީސް ޔާމީނުގެ މައްޗަށް ކުރައްވައި، ދައުލަތުގެ އެއް އަހަރުގެ ބަޖެޓު ފޫބައްދާހައި ފައިސާ ރައީސް ޔާމީނުގެ އެކައުންޓުގައި އެބަހުރި ކަމުގައި ފަލާޙް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާހް މިހެން ވިދާޅުވީ، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި ދެއްކި ވާހަކައިގައެވެ.

ފަލާހް ވިދާޅުވީ، ރައީސް ޔާމީނުގެ އަރިހުގައި މިހާރު ތިއްބެވި ޑރ. ޖަމީލާއި މަލީޙް ފަދަ ބޭފުޅުން، ކުރިން ރައީސް ޔާމީނަށް ޚިޔާނާތުގެ ތުހުމަތުތައްކޮށް ދެއްކެވި ވާހަކަތައް މިހާރު ކޮންމެވެސް ވަރަކަށް ޤަބޫލު ކުރެއްވޭ ކަމަށެވެ. މީގެ އިތުރުން ރައީސް ޔާމީންގެ އެކައުންޓްތަކަށް ޖަމާވެފައިވާ ފައިސާ އަކީ، ކެމްޕޭނަށް އެކި ފަރާތްތަކުން އެމަނިކުފާނަށް ދެއްވާފައިވާ ފައިސާ ކަމުގައި އެމަނިކުފާނުގެ މައްޗަށް ހިންގުނު ޝަރީއަތުގެ މަޖިލިސްތަކުގައި އެމަނިކުފާނު ވިދާޅުވެފައިވާކަންވެސް ފަލާޙް ފާހަގަކުރެއްވިއެވެ.

"ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އެކައުންޓުގައި، 200 ނޫނިއްޔާ 100 މިލިޔަން ރުފިޔާ ހުރުމަކީ ރައްޔިތުން އެއާ ދޭތެރޭގައި ވަރަށް ބޮޑަށް ޝައްކު އުފައްދާނެ ކަމެއް. ޙަޤީޤަތުގައި ސިޔާސީ ޕާޓީތަކުގެ ޤަވާއިދާއި އުސޫލާއި، އިލެކްޝަންސް ކޮމިޝަނުގެ ޤަވާއިދު ތަކުގައި ބުނާގޮތުގައި، ޕާޓީއަކަށް ކެމްޕޭނަށް ދޭ ފައިސާ ހުންނަން ވާނީ އެޕާޓީއެއްގެ އެކައުންޓުގައި. އެއީކީ އެހުންނަ ވެރިއެެއްގެ އެކައުންޓަށް ޖަމާވާންޖެހޭ ފައިސާއެއް ނޫން."

ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް --

ފަލާހް ވަނީ، ރައީސް ޔާމީނުގެ މައްޗަށް ޚިޔާނާތާއި އޮޅުވައިލުމުގެ ތުހުމަތުތައް ކުރައްވައި ވާހަކަ ދައްކަވާފައެވެ. އަދި ރައީސް ޔާމީނުގެ ވެރިކަމުގައި ހިނގައި ދިޔަ ކަންކަމާއި ގުޅިގެންވެސް އޭނާ ވާހަކަ ދެއްކެވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ މެމްބަރުކަން ކުރައްވަމުންދާ އިބްރާހީމް ފަލާޙަކީ، 18 ވަނަ ރައްޔިތުންގެ މަޖިލީހުުގެ މެމްބަރުކަން ކުރެއްވި އިރު، ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރު ދިފާޢު ކުރެއްވުމުގައި ސިޔާސީ ގޮތުން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އެހެން ނަމަވެސް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިވި ނާކާމިޔާބީއަށް ފަހުގައި ގިނަ ދުވަސްތަކަކަށް އޭނާ ސިޔާސީ މައިދާނުން ގެއްލުމަށް ފަހުގައި، އަލުން ސިޔާސީ ގޮތުން ހަރަކާތްތެރިވާން ފެށީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމަށް ޑރ. މުޙައްމަދު މުޢިއްޒު އިންތިޚާބުވުމާއި ގުޅިގެންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.