Advertisement

ބަނގުލަދޭޝްގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ތެރެއިން ---

05 Aug 2024
ޚަބަރު

ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަންގެ ގޭގައި ރޯކޮށްލައިފި

ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުވެސް ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިޔާ ލިޓަން ދާސް، އަދި ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، މިހާރުގެ މަޖިލިސް މެމްބަރު މަޝްރަފޭ ބިން މޯޓާޒާ ގޭގައި ރޯކޮށްއަންދާލައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަނގުލަދޭޝްގެ ބޮޑު ވަޒީރުގެ މަޤާމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު، އެގައުމުގައި ދިރިއުޅޭ ބައި މަދު ހިންދޫންނަށާއި، ޝައިޚް ހަސީނާގެ ޕާޓީ އަވާމީ ލީގުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާތައް ދޭން ވަނީ ފަށާފައެވެ. މިގޮތުން އަވާމީ ލީގުގެ އޮފީސްތަކަށާއި، ހިންދީންގެ ފައްޅިތަކާއި ގެދޮރަށާއި މުދަލަށް ދަނީ ހަމަލާތައް ދެމުންނެވެ. 

ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން އަދި މިހާރުވެސް ޤައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިޔާ ލިޓަން ދާސްއަކީ، ހިންދޫއެކެވެ. އަދި ބަނގުލަދޭޝްގެ ޤައުމީ ކްރިކެޓް ޓީމުގެ ކުރީގެ ކެޕްޓަން، މިހާރުގެ މަޖިލިސް މެމްބަރު މަޝްރަފޭ ބިން މޯޓާޒާއަކީ، މިއަހަރުގެ ޖެނުއަރީ މަހު ނާރައިލް ދާއިރާގެ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރެއްވި އަވާމީ ލީގުގެ މެމްބަރެކެވެ.

ބަނގުލަދޭޝްގެ ބޮޑުވަޒީރުކަމުގެ މަޤާމުން ޝައިޚް ހަސީނާ އިސްތިއުފާ ދެއްވުމަށްފަހުގައި، އަވާމީ ލީގުގެ އިތުރުން، ޝައިޚް ހަސީނާ އާއި ގުޅުންހުރި ތަންތަނާއި ތަކެއްޗަށްވެސް އަންނަނީ ގެއްލުންތައް ދެމުންނެވެ. މިގޮތުން ވެރިރަށް ޑާާކާގައި ހުރި، ބަނގުލަދޭޝްގެ މިނިވަންކަމުގެ ބާނީ، ޝައިޚް މުޖީބުއްރަޙްމާގެ މޮނިއުމެންޓް ބުދާއި، ސަރުކާރުގެ އިދާރާތަކާއި އޮފީސްތަކުގައި ހުރި ޝައިޚް ހަސީނާގެ ފޮޓޯފުޅުަތައް އަސްކަރިއްޔާގެ ބައިވެރިވުމާއި އެކު، ވަނީ ހަލާކުކޮށް ނައްތާލާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.