Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

26 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯއްދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރުފުރޭ 59 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް މިރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، ދައުލަަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި، ކުރީގެ ސަރުކާރު ތަކުން  ދޫކޮށްލާފައިވާ ކަމުގައި ވިދާޅުވެފައެވެ.

"މިއީ ޤާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ. ޤާނޫނުތަކުގެ ތެރެއިން ލިބެން ޖެހޭ ފައިސާ. މިގޮތުން ބަލާއިރުގައި، ލޭންޑް ރެންޓްގެ ގޮތުގައި، ދައުލަތަށް ލިބެންޖެހޭ، އަޅުގަނޑުމެންނާއި ވެރިކަން ހަވާލުވި އިރުގައި، ނުހޯދައި އެކަމަކު ލިބެންޖެހޭ ފައިސާ މިއީ، ރައްޔިތުންގެ ފައިސާ. 513 މިލިއަން އެމެރިކާ ޑޮލަރު. ނުހޯދާ."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ދައުލަތަށް ލިބެންޖެހޭ ފައިސާގެ ބައެއް ތަފްސީލްތައް ޙިއްޞާ ކުރައްވަމުން ރައީސް ވިދާޅުވީ، ޓީޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 102 މިލިއަން އެމެރިކާ ޑޮލަރާއި، ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 3.3 ބިލިއަން ރުފިޔާ އާއި، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 1 ބިލިއަން ރުފިޔާ ހިމެނޭ ކަމަށެވެ. މިގޮތުން ދައުލަތަށް ލިބެންޖެހޭ އަދި ކުރީގެ ސަރުކާރުތަކުން ނުހޯދައި ހުރި ފައިސާގެ އަދަދު 13 ބިިލިއަން ރުފިޔާއަށް އަރާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިފައިސާ އެކަނި ހޯދިޔަސް، އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ. އެމަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، އެފައިސާ ހޯދާނަން. މިހާރު މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަންވެސް ފަށައިފި. ސިޓީ ފޮނުވާލީމަ ފައިސާ ދޭންފަށައިފި. ކަމަކާއި އުޅުނީމާ ދެއްތޯ ފައިސާ ދޭނީވެސް."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްުޔާ ވިދާޅުވީ، ދައުލަތަށް ލިބެންޖެހި ނުލިބި ހުރި އެއްބައި ފައިސާ މިދިޔަ ހަފްތާގައިވެސް ހޯއްދަވާފައިވާ ކަމަށެވެ. އަދި އެފައިސާ އެފަރާތްތަކުގެ އަތުން ހޯދުމަށްޓަކައި ކޯޓަށް ދާންޖެހޭނަމަ ސަރުކާރުން އެކަންވެސް ކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޯޓު މަރުޙަލާ އާއި ހަމައަށް ނުގޮސް، އޭގެ ތެރެއިން ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ފައިސާ ވިޔަފާރިވެރިން ދައްކަވާނެ ކަމުގައި އުއްމީދު ކުރައްވާކަމަށެވެ. އަދި އެފައިސާ ނުދައްކައި ހުރީ ކުދި ކުދި ވިޔަފާރިތަކުން ނޫންކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.