Advertisement

ފުވާދުގެ ބަޔޯގްރަފީ ފޮތް ރައީސަށް އެރުވުން -- ފޮޓޯ: ރައީސް އޮފީސް.

30 Jul 2024
ޚަބަރު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤުގެ ބަޔޮގްރަފީ ފޮތް ރައީސަށް އަރުވައިފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤުގެ ހަޔާތްޕުޅުގެ މައްޗަށް ލިޔެ ޝާއިއުކޮށްފައިވާ، ބަޔޮގްރަފީފޮތް، "ގޮތުގައި" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒަށް އަރުވައިފިއެވެ.

މިއަދު މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މިފޮތް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުންކުރެއްވީ، ފުވާދު ތައުފީޤެވެ. މިފޮތް ލިޔުއްވާފައި ވަނީ، ނޫސްވެރިޔާ އަޙްމަދު ސާޢިލް ޢަލީއެވެ. މީގެ ކުރިން ސާއިލް ވަނީ، ކުރީގެ ނައިބުރައީސް ފައިޞަލް ނަސީމުގެ ބަޔޯގްރަފީ ފޮތެއްވެސް ލިޔުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
18 Sep 2024
ޚަބަރު
މާލޭގައި ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މަގުމަތީ ހުރި މީހަކު ޒަޚަމްވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، މިހާދިސާ ހިނގާފައި ވަނީ މިރޭގެ 19:12 ހާއިރުގައި ކަމަށެވެ. އެވަގުތަކީ މާލެއަށް ވަރަށް ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެކެވެ.
18 Sep 2024
ޚަބަރު
އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ފޭރުނު މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި
ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމައްސަލައިގައި ހައްޔަރުކޮށްފައިވާ، ގ. ބެރުގެ އުމުރުން 44 އަހަރުގެ މުޙައްމަދު ނަވީންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޟިރުކޮށް ބަންދުގެ މުއްދަތު ޖަހާފައި ވަނީ އިއްޔެ ކަމަށެވެ. އިމިގްރޭޝަންގެ އޮފިސަރެއް ކަމަށް ބުނެ ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ، ބިދޭސީ އެއްގެ އަތުން 9000ރ ފޭރިގަތް މައްސަލައިގައި އޭނާ ހައްޔަރުކޮށްފައި ވަނީ ހޯމަ ދުވަހުގައެވެ.
18 Sep 2024
ޚަބަރު
މީހަކު ރަހީނުކޮށް، އިނގިލި ބުރިކޮށްލައި އަދި އޭނާ ލައްވައި މަސްތުވާތަކެތި ވިއްކުވުމުގައި ސިފައިންގެ ދެމީހުން ބައިވެރިވި: ފުލުހުން
ފުލުހުންގެ އިދާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، އެމައްސަލައިގައި ހައްޔަރުކޮށްފައިވާ ސިފައިންގެ ދެމީހުންނާއި ގުޅޭ މައުލޫމާތު އެމްއެންޑީއެފާއި ޙިއްޞާކޮށްފައި ވާނޭ ކަމަށެވެ. އަދި އެމީހުންނާއި މެދު އެއިދާރާއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނީ އެ އިދާރާއިންކަންވެސް ޝިފާން ފާހަގަކުރެއްވިއެވެ.
18 Sep 2024
ޚަބަރު
ޒަކިއްޔާގެ ޕޯސްޓް މޯޓަމް ނުހެދީ ތަޙްޤީޤަށް އެކަން މުހިއްމު ކަމަށް ނުފެންނާތީ: ފުލުހުން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވިދާޅުވީ، ޒަކިއްޔާގެ ހަށިގަނޑު މާލެ ގެނައުމަށްފަހު ތަޙްޤީޤަށް ބޭނުންވާ ސާމްޕަލްތައް ނަގައި އަނބުރައި ރަށަށް ފޮނުވައި ހަށިގަނޑު ވަޅުލީ، ޕޯސްޓް މޯޓަމް ހެދުން މުހިއްމުކަމަށް ތަޙްޤީޤަށް ނުފެންނާތީ ކަމުގައެވެ. އެހެން ނަމަވެސް ޒަކިއްޔާގެ މަރުގެ މައްސަލައިގެ ތަހްޤީޤުތައް އަދިވެސް ކުރިޔަށްދާކަމަށާއި ތަޙްޤީޤުގެ ބޭނުމަށް ފުލުހުން އެރަށުގަިއ ހަރަކާތްތެރިވަމުންދާ ކަމުގައި ފުލުހުން ވިދާޅުވިއެވެ.