Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު --

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ރަސްމާލެ މަޝްރޫޢުގެ ބިންހިއްކުމުގެ މަސައްކަތް އަލުން ކުރިޔަށް ގެންދަނީ އެއްވެސް ބަޔަކަށް ހިލޭ ބިން ނުދީ ކަމުގައި ރައީސް ވިދާޅުވެއްޖެ

މިސަރުކާރުން އިޢުލާނުކުރި ތަރައްޤީގެ އެންމެ ބޮޑު މަޝްރޫޢުކަމުގައިވާ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫޢު އަލުން ކުރިޔަށް ގެންދަނީ އެއްވެސް ފަރާތަކަށް ހިލޭ ބިން ނުދީ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމާލެ މަޝްރޫޢާއި ގުޅޭ ގޮތުން ވާހަކަފުޅޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަޝްރޫޢުގެ ބިން ހިއްކުމުގެ މަސައްކަތް މުޅިން ނިންމުމަށް އިތުރު 8 މަސް ދުވަސް ބޭނުންވާ ކަމަށެވެ.  ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލެ މަޝްރޫޢަަށް ބޭނުންވާ 11 ހެކްޓަރުގެ ބިން މިހާރު ހިއްކަން ހަމަޖައްސާފައި ވަނީ އެކި ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށެވެ. އަދި އެމަސައްކަތުގެ ބަދަލެއްގެ ގޮތުގައި އެއްވެސް ފަރާތަކަށް އެއްވެސް ބިމެއް ކުރު މުއްދަތަކަށްވެސް އަދި ދިގު މުއްދަތަކަށްވެސް ހިލޭ ނުދޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އެތަނުގަ ހިއްކާ ކޮންމެ ވެލިފުކަކީ ދިވެހި ރައްޔިތުންނަށް މިލްކުވާ ވެލިފުކެއް، އެއްވެސް ބޭރު ފަރާތަކަށް އެންމެ ދުވަހަކަށް ކުއްޔަށް ވެސް ހިލޭ ވެސް ލިބޭނެ ބިމެއް ނޫން އެތަނުގަ ހިކިގެން ދާނީކީއެއް،"

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 

ރަސްމާލެ މަޝްރޫއު، ކ. ފުށި ދިއްގަރުފަޅުގައި ހިންގުމަށް ނިންމައި އެފަޅު ހިއްކުމުގެ މަސައްކަތް، ޑިސެމްބަރު 18، 2023 ގައި ސަރުކާރުން ފެށީ، ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އާއި ހަވާލުކޮށްގެންނެވެ. އެކުންފުންޏަށް ބަދަލުގެ ގޮތުގައި ހުޅުމާލެއިން 10 ހެކްޓަރާއި، ފުށި ދިއްގަރުފަޅުން ހިއްކާ ބިމުން 60 ހެކްޓަރުގެ ބިން ދިނުމަށް އޭރު ސަރުކާރުން ނިންމިއެވެ.

އެމަޝްރޫއު ފެށި ދުވަހު ބިންހިއްކުމުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގައި ރައީސުލްުޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި ނަމަވެސް އެމަސައްކަތް ނުނިމި ވަނީ ދިގުލައިގެން ގޮސްފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.