Advertisement

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ 10 ވަނަ ބައްދަލުވުމުގައި ހަބީބު އާއި އިންޓަވިއު ކުރައްވަނީ، ފޮޓޯ: ރައްޔިތުންގެ މަޖިލިސް

30 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހަބީބަށް ކޮމެޓީގެ ރުހުން ލިބިއްޖެ

ހިއުމަން ރައިޓްސް ކޮމިޓީ އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް އެންމެ ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ހައިސިއްޔަތުން އަލްއުސްތާޛް އިސްމާޢީލް ހަބީބް އަބްދުއްރަޙީމް އެ މަގާމަށް އައްޔަން ކުރެއްވުމަށް ރުހުން ހޯއްދެވުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ޖުލައި 15 ވަނަ ދުވަހުއެވެ. އެގޮތުން  އެ މައްސަލަ ދިރާސާ ކުރުމަށް ހަވާލުކުރި ހިއުމަން ރައިޓްސް ކޮމިޓީން އިއްޔެ ވަނީ ހަބީބް އެ ކޮމިޓީ އަށް ގެންނަވައި އޭނާއާ އިންޓަވިއު ކޮށްފަ އެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ބޭއްވި ހިއުމަން ރައިޓްސް ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ ވިދާޅުވީ، ހަބީބަށް އެވްރެޖް 75 ޕަސެންޓަށް ވުރެ އިތުރަށް މެންބަރުން މާކްސް ދެއްވާފައިވާ ކަމަށާއި، އެހެންކަމުން  އެޗްއާރްސީއެމްގެ މެންބަރު ކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލް ބޭފުޅެއް ކަމަށް ކަނޑައަޅައި، އޭނާ އެ މަގާމަށް އައްޔަންކުރަން ފެންނަ ކަމަށް އެ ކޮމިޓީގައި ހާޒިރުވެ ތިއްބެވި މެންބަރުންގެ އިއްތިފާގުން ފާސްކޮށްފައިވާ ކަމަށެވެ.

އެޗްއާރުސީއެމަށް ހަބީބް އައްޔަން ކުރުމާ މެދު ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމާނެ ކަމަށް ބެލެވެނީ އަންނަ ހަފުތާގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.