Advertisement

މެންޗެސްޓަރ އެއާޕޯޓުގައި ހިނގި ހާދިސާ ---

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މުސްލިމް ޒުވާނަކު ހައްޔަރުކުރުމުގެ ތެރޭގައި ބޮލުގައި ކޮޅުފައިން ޖަހައި ބޮޑެތި އަނިޔާތަކެއް ދިން އިނގިރޭސި ފުލުހެއްގެ މައްސަލަ ބަލަން ފަށައިފި

އިނގިރޭސި ވިލާތުގެ މެންޗެސްޓަރ އެއާޕޯޓުގައި އުމުރުން 19 އަހަރުގެ މުސްލިމް ޒުވާން ފިރިހެނަކު ހައްޔަރު ކުރުމުގެ ތެރޭގައި، ގަސްދުގައި ބޮޑެތި އަނިޔާތަކެއްދިން އިނގިރޭސި ފުލުހެއްގެ މައްސަލަ ބަލަން ފަށާފައިވާ ކަމުގައި އިނގިރޭސި ވިލާތުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.

މިހާދިސާ ހިނގީ މިޖުލައި މަހުގެ 23 ވަނަ ދުވަހުގައެވެ. އެހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވެ މެންޗެސްޓަރގައި ފުލުހުންނާއި ދެކޮޅަށް އާއްމުން ވަނީ މުޒާހަރާވެސް ކޮށްފައެވެ.

ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަގޮތުގައި، އެ ޒުވާނާ ބިންމައްޗަށް ވައްޓާލައި ބިޑިއަޅުވަން އުޅުނު އިރު އިނގިރޭސި ފުލުސް މީހާވަނީ، އޭނާގެ އެންކަލް ބޫޓުން ކޮޅުފައި ޒުވާނާގެ ބޮލުގައި ވަރަށް ބާރަށް ދެތިން ފަހަރަސް ކޮޅުފައިން ޖަހައި، އަދި އޭނާގެ ބޮލަށް ފައިން އަރާފައެވެ. އެ ކަމުގެ ސަބަބުން އެޒުވާނާގެ ސިކުނޑިއަށް ގެއްލުން ލިބި ފުރާނައަށް ނުރައްކާވެ، ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މެންޗެސްޓަރގެ ފުލުހުން ވަނީ، އެ އޮފިސަރު ވަޒީފާއިން ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ބަލަމުންދާކަމުގައި ހާމަކޮށްފައެވެ، މިމައްސަލަ އާއި ގުޅިގެން އެ އޮފިސަރުގެ މައްޗަށް ޖިނާޢީ ދައުވާ އުފުލާނޭ ކަމުގައި މީޑިއާތަކުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.