Advertisement

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ މަތިންދާ ބޯޓު --

27 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ޑޯނިއާ ފްލައިޓްގައި އަލުން ބަލިމީހުން އުފުލަން ފަށައިފި

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ މަތިންދާ ބޯޓުގައި އަލުން ބަލިމީހުން އުފުލަން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ، މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ. ރައީސް ވިދާޅުވީ، އިންޑިއާއިން ދިވެހިރާއްޖެއަށް ހަދިޔާކޮށްފައި އޮތް ޑޯނިއާ ފްލައިޓްގައި މިރޭ ބަލި މީހަކު ހަނިމާދޫން މާލެ ގެނެސްފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ވެރިކަމުގެ މި 8 މަސްދުވަހުގެ ތެރޭގައި ބަލި މީހުން އުފުލުމަށް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

"އެއާ އެންބިއުލާންސް އިރާދަކުރެއްވީތީ ތަޢާރަފްކުރެވިފައި ވަނީ. އެއާ އެމްބިއުލާންސް މިހާރު އޭގެ ފައިދާ ހުރިހާ ރައްޔިތުންނަށްވެސް އެބަ އިޙްސާސް ކުރެވޭ އޭގެ ފައިދާ. އަދި ހަަމަ އެއާއި އެކީގައި، އިންޑިއާ ސަރުކާރުން ފޯރުކޮށްދެއްވާފައިވާ ޕްލެޓްފޯމްތައްވެސް އޭގައި ތިބި މިލިޓަރީ ބޭފުޅުން ގެންގޮސްފައި މަދަނީ ބޭފުޅުން ލައިގެން އެސަރވިސްތައްވެސް ބޭނުންކުރަން ފަށާފައި ވަނީ. މިރޭ، މިލިޓަރީ މީހުންގެ ބަދަލުގައި މަދަނީ މީހުން އޮޕަރޭޓްކުރަން ފެށިފަހުން، މިރޭ ފުރަތަމަ ފްލައިޓް ބަލި މީހަކު ގޮވައިގެން، ހަނިމާދޫން މާލެއަށް އެއައީ. އިންޑިއާގެ ޕްލެޓްފޯމުން. އެކަމަށް އިންޑިއާ ސަރުކާރަށް ޝުކުރު ދަންނަވަން."

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވުމަށްފަހުގައި މިހާތަނަށް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ފްލައިޓް ބޭނުން ކުރުން އޮތީ ހުއްޓާލާފައެވެ. އަދި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި ތިބި އިންޑިއާގެ އަސްކަރިއްޔާއަށް ނިސްބަތްވާ މީހުން ފޮނުވާލުމަށްފަހު، އިންޑިއާގެ މަދަނީ މީހުން ފޮނުވުމަށް އިންޑިއާ އަސްކަރިއްޔާއަށް ސަރުކާރުން ވަނީ ފުރުޞަތު ދީފައެވެ.

އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ބަލި މީހުން އުފުލުމަށް އަލުން ބޭނުން ކުރަންފެށިކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާނު ކުރެއްވި އިރު، މިއަހަރުގެ މާރިޗު މަހުގައި ވަނީ، މޯލްޑިވިއަންގެ ޑޭޝް-8 ގެ މަތިންދާ ބޯޓަކާއި މޯލްޑިވިއަންގެ ސީޕްލޭނެއް އެއާ އެންބިއުލާންސްތަކުގެ ގޮތުގައި ބޭނުންކުރަން ފަށާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.