Advertisement

13 Jul 2024
ޚަބަރު

ސިހުރު ހެދިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ކުރީގެ ސްޓޭޓް މިނިސްޓަރު ދޫކޮށްލައިފި

ސިހުރު ހެދިކަމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކުރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމް އާއި އޭނާގެ ކޮއްކޮ ފުލުހުންގެ ބެލުމުގެ ދަށުން މިއަދު ދޫކޮށްލައިފިއެވެ. އަދި ހަމަ މި މައްސަލައިގައި ހިމެނޭ، ސިހުރު ހެދި ކަމަށް ބުނާ މުލީއާގޭގެ ކުރީގެ ކައްކާ، ތ. ކިނބިދޫ، ނިވައިދޮށުގޭ، ހުސައިން ސަމީރު ވެސް ވަނީ ފުލުހުންގެ ބަންދުން މި މަހުގެ އެއް ވަނަ ދުވަހު ދޫކޮށްލާފައެވެ.

މި މީހުން ހައްޔަރުން ދޫކޮށްލި ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ، އެމީހުން ބަންދުގައި ބެއިތިއްބުމަށް ނުފެންނާތީ ކަމަށެވެ. ނަމަވެސް މި މައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށްދާ ކަމުގައި ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޝަމްނާޒް ވަނީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަން ކޮށްފައެވެ. އަދި އޭނާގެ ކޮއްކޮ ސަނާ އައްޔަން ކޮށްފައިހުރީ އެންވަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށެވެ. ނަމަވެސް މި ދެ މީހުން ވެސް މިހާރު ވަނީ މަގާމުން ވަކިކޮށްފައެވެ.

ޝަމްނާޒް ކައިވެނި ކޮށްގެން އުޅުނީ ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒާއެވެ. ނަމަވެސް މިދިޔަ މަހުގެ ތެރޭގައި މި ދެ މީހުންގެ ކައިވެނި ވަނީ ރޫޅިފައެވެ. އަދި އޭގެ ފަހުން ރަމީޒްވަނީ މަގާމުން ސަސްޕެންޑު ވެސް ކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.