Advertisement

ހުޅުމާލޭގެ ދުވާރު މަތީގައި ކެފޭއެއްގެ މޭޒުތައް ބަހައްޓައިގެން ހިދުމަތްދެނީ

24 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހުޅުމާލޭގެ ދުވާރުމަތީގައި ގޮނޑިމޭޒު ބަހައްޓައިގެން ޙިދުމަތްދިނުން ހުއްޓާލުމަށް އަންގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުންގެންދާތީ އެކަން ހުއްޓާލުމަށް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަނގައިފިއެވެ.

އެޗްޑީސީއިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، ދުވާރު މަތީގައި އަދި ހެޖު ތެރޭގައި ކެފޭ، ރެސްޓޯރެންޓް އަދި ޓޭކް-އަވޭ ޕޮއިންޓުތަކުން ގޮނޑި މޭޒު ބަހައްޓައިގެން ޚިދުމަތްދެމުންގެންދާތީ އެކަމުގެ ސަބަބުން އާންމުން ހިނގާބިނގާވެ އުޅުމަށް އުދަގޫވާ ކަމަށާއި، އެކަމުގެ ޝަކުވާ އެ ކޯޕަރޭޝަނަށް ލިބެމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ސްކޫލު ހިމެނޭ ސަރަހައްދުތަކުގައި މިގޮތަށް ބަހައްޓާފައިވާ މޭޒުތަކުގެ ކައިރީގައި ތިބެ ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން އާންމުންނާއި ކުޑަކުދިންނަށް ދުންފަތުގެ ނޭދެވޭ އަސަރު ކުރުމާއި، އަދަބާ ހިލާފު އިބާރާތްތަކުން މުއާމަލާތްކުރާކަމުގެ ޝަކުވާ، ބެލެނިވެރިންގެ އިތުރުން ސްކޫލުތަކުން ވެސް ހުށަހަޅާފައިވާކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

އެހެންކަމުން، ވިޔަފާރިތަކުން މިކަން ހުއްޓައި، ވިޔަފާރި ކުރުމުގެ އުސޫލާ އެއްގޮތަށް މަސައްކަތް ކުރުމަށް އަންގާފައިވެއެވެ. އަދި އުސޫލުތަކަށް ބޯނުލަނބާނަމަ، ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފިޔަވަޅު އަޅާނެކަމަށް ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.