Advertisement

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަށް "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރައްވައިފި

ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި "މާލެ ފަހި" ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު "މާލެ ފަހި" ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

މި ޕްރޮގްރާމް ފެއްޓެވުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.

މި ޕްރޮގްރާމުގައި ތިން ބައެއް ހިމެނިގެންވެއެވެ. އެއީ:

1.    ޤާނޫނާއި ޤަވާޢިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން

2.    ޕަބްލިކް ޓްރާންސްޕޯޓްގެ ވަޞީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުން

3.    މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުން

މި ޕްރޮގްރާމާއެކު، ގަރާޖު ސިޓީގެ ނަމުގައި ހިންގަމުން ދިޔަ ބޮޑު ޖަރީމާ ހުއްޓުމަކަށް އައިސް، ގަރާޖުގެ ވެރިފަރާތަށް ނޭންގި ގަރާޖުތަކުގައި ވެހިކަލް ރެޖިސްޓްރީ ކުރުން ނިމުމަކަށް ގެނަސް، މަގުމައްޗަކީ ބައެއް ފަރާތްތަކުން ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަނަކަށް ހަދާފައި އޮތުން ނިމުމަކަށް ގެނަސް އަދި ވެހިކަލްގެ ލިމިޓާއި އުމުރު ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން، ޑޮމެއިން ޚިދުމަތަކީ އެންމެނަށް ހޯދޭނެ ހިދުމަތަކަށް ހަދައި އޯޕަން ބިޑިން އުސޫލުން އެކަން ހިންގުމާއި އާރުޓީއެލް ބަސްތަކުގެ ސައިޒު ކުޑަކުރުން ވެސް ހިމެނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
17 Oct 2024
ޚަބަރު
ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު ޝަހީދުކޮށްލެވިއްޖެކަމަށް އިޒްރާއީލުން ބުނެފި
ސިންވާރުގެ ޝަހީދުވެފައިވާ ހަށިގަނޑުކަމަށް ބުނާ ހަށިގަނޑެއްގެ ފޮޓޯ، މިހާރު ދަނީ ސޯޝަލްމީޑިއާގައި ދައުރުވަމުންނެވެ. އެފޮޓޯގައި ފެންނަ ހަށިގަނޑަށް ބަލާއިރު، އެއީ ޔަޙްޔާ ސިންވާރުގެ ހަށިގަނޑުކަމަށް ވަރަށް ބޮޑަށް ޤަބޫލު ކުރެވޭކަމަށް އީރާނުގެ ޚަބަރުތައް ގެނެސްދޭ ބައެއް މަސްދަރުތަކުންވެސް ބުނެފައިވެއެވެ.
17 Oct 2024
ޚަބަރު
މިއަހަރުގެ ސުޕަރ މޫން ފެންނާނީ މިރޭ: ރައީސް މައުމޫން
އެކްސްގައި ކުރެއްވި ޕޯސްޓްގައި ރައީސް މައުމޫން ވިދާޅުވީ، މިއަަހަރު ފެންނާނެ އެންމެ ބޮޑު އަދި އެންމެ އަލިގަދަ ފުލްމޫން ފެންނާނީ މިރޭ ކަމަށާއި، މިރޭ ހަނދު އަރާނީ މިއަދު ހަވީރު 5:49 ގައި ކަމަށެވެ. އަދި ހަނދު އޮއްސޭނީ މާދަމާ ހެނދުނު 6:23 ގައިކަމަށާއި ހަނދު ބަލާލެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައިވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
17 Oct 2024
ޚަބަރު
ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވާން ދިމާވި ހާދިސާ ހިނގިގޮތް ހާމައެއް ނުކުރި
ނިޔާވި ކުއްޖާއަކީ ކުރިން އެއްވެސް ޞިއްޙީމައްސަލައެއް ހުރި ކުއްޖެއްތޯ ނުވަތަ ނޫންތޯ ސުވާލު ކުރުމުން އެމިނިސްޓްރީން ވިދާޅުވީ އެސުވާލަށް ޖަވާބުދޭން ބޭނުން ނުވާކަމަށެވެ. އެހެންނަަމަވެސް ނިޔާވި ދަރިވަރަކީ، ހުރަވީ ސްކޫލުގެ ގްރޭޑް 7 ގައި ކިޔަވަމުން އައި ދަރިވަރެއް ކަމުގައި މިނިސްޓްރީން ވިދާޅުވިއެވެ. ނިޔާވި ދަރިވަރަކީ، އުމުރުން 13 އަހަރުގެ ފާޠިމަތު ޝިމާ މުޙައްމަދެވެ.
17 Oct 2024
ޚަބަރު
ސްކޫލުގައި ހުއްޓައި ހުރަވީ ސްކޫލުގެ ކުއްޖަކު ނިޔާވެއްޖެ
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލުގެ ހެނދުނު ދަންފަޅީގެ ދަރިވަރަކަށް ޞިއްޙީ މައްސަލައެއް ދިމާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ ނިޔާވެފައި ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.