Advertisement

ބައިޑަން އާއި ކަމާލާ ހެރިސް، ފޮޓޯ: ޖޯ ބައިޑަން - އެކްސް

22 Jul 2024
ދުނިޔެ
މިފްތާޙް މުޙައްމަދު

ރިޔާސީ އިންތިހާބުން ފަހަތަށްޖެހި، ޑިމޮކްރެޓްސްގެ ކެނޑިޑޭޓަކަށް ބައިޑެން އެންޑޯޒްކުރީ ނައިބު ރައީސް ކަމާލާ ހެރިސް

މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން އިއުލާންކޮށް، ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓަކަށް ނައިބް ރައީސް ކަމާލާ ހެރިސް އެންޑޯޒްކޮށްފިއެވެ.

ކަމާލާ އެންޑޯޒްކުރުމަށް، އެކްސްގައި ބައިޑެން ކުރި ޕޯސްޓުގައި ބުނެފައިވަނީ، 2020 ވަނަ އަހަރު ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ކެނޑިޑޭޓަކަށް އޭނާ ހަމަޖެހުމާއެކު، އޭނާ އެންމެ ފުރަތަމަ ނިންމި ނިންމުމަކީ ކަމާލާ ހެރިސް އޭނާގެ ރަނިން މޭޓަކަށް އައްޔަން ކުރުން ކަމަށެވެ. އަދި އެ ނިންމުމަކީ އޭނާ މިހާތަނަށް ނިންމި އެންމެ ރަގަޅު ނިންމުންކަމަށް ވެސް ބުނެފައި ވެއެވެ.

އެކްސްގައި ޖޯ ބައިޑެން ކުރި ޕޯސްޓް

ނަމަވެސް ބައިޑެން ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ނިންމިތާ ކުޑަ ވަގުތުކޮޅެއް ފަހުން، ވަކި މީހަކު އޭނާ އެންޑޯޒްކުރުމަކީ، ޕާޓީ ތެރޭގައި ދެބަސްވުންތައް ކުރިމަތިވާނެކަމެއް ކަމަށް ބެލެވެއެވެ. ސަބަބަކީ ބައިޑަން ފަހަތަށް ޖެހުމާއެކު، ޑެމޮކްރެޓްސްގެ ރިޔާސީ ޓިކެޓު ބޭނުންވާ މީހުން އެ ފުރުސަތު ބޭނުން ވާނެތީއެވެ.

ބައިޑެންގެ ބަދަލުގައި ވާދަކުރާނެ ރިޔާސީ ކެނޑިޑޭޓެއް ކަނޑައެޅުން އޮންނާނީ މި އަންނަ މަހު ޗިކާގޯގައި ބާއްވާ ޑިމޮކްރެޓިކް ނޭޝަނަލް ކޮންވެންޝަންގައި ނަގާ ވޯޓަކުންނެވެ. މި ކޮންވެންޝަންގައި އެ ޕާޓީގެ އޮފިޝަލުންނާއި އެކްޓިވިސްޓުންނާ އެކު ޖުމްލަ 4،000 ޑެލިގޭޓުން ބައިވެރިވާނެއެވެ.

އިންތިހާބުގައި ވާދަނުކުރުމަށް އުމުރުން 81 އަހަރުގެ ބައިޑެން ނިންމި އިރު، މިހާރު މިވަނީ އިންތިހާބަށް ހަތަރު މަހަށް ވުރެން ވެސް ކުޑަތަންވެފައެވެ.

ބައިޑެން އިންތިހާބުގައި ވާދަނުކުރުމަށް މި ނިންމި އެއް ސަބަބުގެ ގޮތުގައި ބެލެވެނީ، މި ދިޔަ ޖޫން މަހު އޮތް ރިޔާސީ ބަހުސްއިން ކުރިމަތިލާން ޖެހުނު ލަދުވެތިކަމާ ގުޅިގެން، އޭނާ ތަމްސީލްކުރާ ޑިމޮކްރެޓްސް އިން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.