Advertisement

22 Jul 2024
ދުނިޔެ

ރިޔާސީ އިންތިހާބުގައި ވާދަނުކުރަން ބައިޑެން ނިންމައިފި

މި އަހަރުގެ ނޮވެމްބަރު 5 ވަނަ ދުވަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ގައުމުގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެކަމަށް، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަން އިއުލާންކޮށްފިއެވެ. ބައިޑަން މިކަން އިއުލާންކުރީ އެކްސްގައި ކުރި ޕޯސްޓެއްގައެވެ.

ބައިޑަންގެ ޕޯސްޓުގައި އޭނާގެ ޒައާމަތުގައި އެމެރިކާގެ އިގްތިޞާދާއި، ސިއްހަތާއި އަދި ސަލާމަތާއި ރައްކާތެރިކަމަށް ހޯދުނު ކުރިއެރުންތައް ފާހަގަކޮށްފައިވެއެވެ.

އިންތިހާބުގައި ވާދަނުކުރުމަށް އުމުރުން 81 އަހަރުގެ ބައިޑެން ނިންމި އިރު، މިހާރު މިވަނީ އިންތިހާބަށް ހަތަރު މަހަށް ވުރެން ވެސް ކުޑަތަންވެފައެވެ.

ބައިޑެން އިންތިހާބުގައި ވާދަނުކުރުމަށް މި ނިންމި އެއް ސަބަބުގެ ގޮތުގައި ބެލެވެނީ، މި ދިޔަ ޖޫން މަހު އޮތް ރިޔާސީ ބަހުސްއިން ކުރިމަތިލާން ޖެހުނު ލަދުވެތިކަމާ ގުޅިގެން، އޭނާ ތަމްސީލްކުރާ ޑިމޮކްރެޓްސް އިން ވެސް އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔުމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
02 Apr 2025
ޚަބަރު
ހޮޅުދޫ ބޯޓުގައި ރޯވެ އެބޯޓުގައި ހުރި ޒުވާނަކު ގެއްލިއްޖެ
އެމްއެންޑީއެފުން ވިދާޅުވީ، ގެއްލިގެން ހޯދަމުން ދަނީ، ލ.މާވަށަށް ނިސްބަތްވާ 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ކަމަށެވެ. އޭނާގެ އިތުރުން އެބޯޓުން ދަތުރު ކުރި އެހެން މީހުން ވަނީ، ސަލާމަތް ވެފައެވެ. އޭގެ ތެރެއިން ދެމީހަކަށް، ތ. ކަނޑޫދޫ ޞިއްޙީ މަރުކަޒުގައި ފަރުވާދެމުން އަންނަ ކަމުގައިވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
02 Apr 2025
ޒަކާތު ހައުސް
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް 5 ލައްކަ ރުފިޔާ ހަވާލުކޮށްފި
ޣައްޒާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާއިން ފަސް ލައްކަ ރުފިޔާ އިސްރާ އެސޯސިއޭޝަންއާ ހަވާލުކޮށްފި
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށް: ރައީސް
ދުންފަތް މަނާކުރަން ވިސްނާފައިވަނީ 25 އަހަރުން ދަށުގެ މީހުންނަށްކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
02 Apr 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ދުންފަތުގެ ވިޔަފާރި ދޫކޮށްލުމަށް ރައީސް އިލްތިމާސްކުރައްވައިފި
ރާއްޖޭގައި ދުންފަތުގެ ވިޔަފާރިކުރާ ފަރާތްތަކުން އެ ވިޔަފާރި ދޫކޮށްލައި، އެހެން ވިޔަފާރިއަކަށް ބަދަލުވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.