Advertisement

18 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ތައިލެންޑަށް ދާ ދިވެހީންނަށް 60 ދުވަހުގެ "އޮން އެރައިވަލް" ވިސާ ދޭން ނިންމައިފި

2024 ޖުލައި 15 ވަނަ ދުވަހުން ފެށިގެން, ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް "އޮން އެރައިވަލް" 60 ދުވަހުގެ ވިސާ ދޭން ނިންމާފައިވާކަމަށް، ދިވެހި ރާއްޖޭގެ ހާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ، ޗުއްޓީ ހޭދަކުރުމަށް ދާ ދިވެހީންނަށާއި ވިޔަފާރީގެ ބޭނުންތަކަށް ނުވަތަ މަސައްކަތާ ގުޅުންހުރި އެކި ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ދިވެހީންނަށް މި އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

އަދި މިމުއްދަތުގެ އިތުރަށް މަޑު ކުރަން ބޭނުންވެއްޖެނަމަ، އިތުރު 30 ދުވަހުގެ މުއްދަތެއް ލިބުމުގެ ފުރުސަތު އޮންނާނެކަމަށް ވެސް މިނިސްޓްރީއިން ހާމަކުރެއެވެ. ނަމަވެސް ވިސާ އިތުރުކުރުމަށް، ތައިލެންޑަށް ދިއުމަށްފަހު ރޯޔަލް ތައި އިމިގްރޭޝަންގައި އެދެންޖެހޭނެ ކަމަށާއި، ވިޒާ އިތުރުކޮށްދިނުމާ ގުޅޭ ގޮތުން ގޮތެއް ނިންމާނީ އެ އިދާރާއިންކަމަށް ވެސް ހާމަކޮށްފައިވެއެވެ.

މި ނޫން ބޭނުންތަކަށް ތައިލެންޑަށް ދަތުރުކުރާ ފަރާތްތަކުން ދެން ވިސާ ނަގަން ޖެހޭނީ ކޮލަމްބޯގައި ހުންނަ ތައިލެންޑުގެ އެމްބަސީއިންނެވެ.

މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދިވެހިރާއްޖެ ހިމެނޭހެން އިތުރު 92 ގައުމަކަށް 60 ދުވަހުގެ "އޮން އެރައިވަލް" ވިސާ ދިނުމަށް ތައިލެންޑުން ވަނީ ނިންމާފައެވެ.

ދަތުރު ކުރުމުގެ ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރު ކުރެވެން ފެށީ 2019 މާޗް 23 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް އޭރު "އޮން އެރައިވަލް" ވިސާގެ ގޮތުގައި ލިބެނީ 30 ދުވަހުގެ ވިސާ އެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.