Advertisement

20 Jul 2024
ދުނިޔެ

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުން ދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށް އައިސީޖޭއިން ނިންމައިފި

އިސްރޭލުގެ ޔަހޫދީން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަމުން ދިއުމަކީ ޣައިރު ގާނޫނީ އަމަލެއް ކަމަށާއި، މިކަން ހުއްޓާލައި ފަލަސްތީނުގެ ބިމުން ޔަހޫދީން ނެރެންޖެހޭކަމަށް ގުޅިފައިވާ ގައުމުތަކުގެ (އ.ދ.) އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ބުނެފިއެވެ. އައިސީޖޭ އިން މި ގޮތަށް ނިންމާފައިވަނީ ހުކުރު ދުވަހު އޮތް އަޑުއެހުމުގައެވެ.

އައިސީޖޭގެ މި ބުނުމަކީ އިސްތިޝާރީ ލަފާ [ނުވަތަ އެޑްވައިޒަރީ އޮޕީނިއަން އެއް] ކަމަށް ވިޔަސް، މިއީ ހަމާސް ނައްތާލުމުގެ ނަމުގައި ޣައްޒާއަށް ކެނޑިނޭޅި އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކާއި އެ ހަމަލާތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ގެއްލިފައިވާތީ އިޒްރޭލަށް އަމާޒުވާ ފާޑުކިޔުން އިތުރަށް ވަރުގަދަވެގެންދާނެ ނިންމުމެއް ކަމަށް ބެލެވެއެވެ.

އައިސީޖޭގެ މި ނިންމުމާ އިޒްރޭލުން ވަނީ ދެކޮޅު ހަދައިފައެވެ. އެމީހުން ބުނީ އެ ނިންމުމަކީ ހަގީގަތާ ހިލާފު ނިންމުމެއް ކަމަށެވެ. ނަމަވެސް ފަލަސްތީނުން ބުނެފައިވަނީ މިއީ ތާރީހީ ނިންމުމެއް ކަމަށެވެ.

އައިސީޖޭން ބުނީ ވަޒަންވެރިކުރުވުމުގެ ހުރިހާ ހަރަކާތެއް އިޒްރޭލުން މިހާރުން މިހާރަށް ހުއްޓާލުމަށާއި ހިފާފައިވާ ބިންތަކުގައި ވަޒަންވެރިކޮށްފައިވާ މީހުން ވެސް އެތަނުން އެ ތަންތަން ދޫކޮށް ދާންޖެހޭނެ ކަމަށެވެ.

ހުކުރު ދުވަހުގެ މި ނިންމުމަކީ ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ ކަމުގައިވާ، އިޒޭލުން ފަލަސްތީނަށް ދޭ ނަސްލު ނައްތާލުމުގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމުގެ މައްސަލައާ ތަފާތު މައްސަލައެކެވެ. މިއީ ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފަމުން ދާތީ ހުށަހެޅި މައްސަލައާ ގުޅިގެން ނިންމި ނިންމުމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.