Advertisement

މިޔަރެއް -- ފޮޓޯ: އޯޝަން ޑިސްކަވަރީ --

07 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މިޔަރުގެ މަސްވެރިކަަމަށް ހުއްދަދިނުމަށް މަޝްވަރާއެއް ނުކުރޭ: ފިޝަރީޒް

މިޔަރުގެ މަސްވެރިކަން އަލުން ހުއްދަ ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ފިޝަރީޒް މިނިސްޓްރީން ދޮގުކޮށްފިއެވެ.

އެމިނިސްޓްރީގެ އިސްބޭފުޅަކު ވިދާޅުވީ، މިޔަރުގެ މަސްވެރިކަމަށް ހުއްދަދިނުމަށް ނިންމުމާައި ގުޅޭ ގޮތުން މިހާތަނަށް އެމިނިސްޓްރީ އެއްވެސް ނިންމުމެއް ނިންމާފައި ނުވާކަމަށެވެ. އެހެން ނަމަވެސް މީގެ ކުރިންވެސް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުހައްމަދު ވިދާޅުވެފައިވާ ފަދައި އެފަދަ ނިންމުމެއް ނިންމާނަމަ އެކަމުގައި ގުޅުން ހުރިހާ ފަރާތްތަކާއި މަޝްވަރާ ކުރާނެއެވެ.

އެމްއެންޑީއެފްގެ ޓްރެއިނިންގައި އުޅުނު އޮފިސަރެއްގެ ގައިގައި މިޔަރެއް ދަތްއެޅުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން މިދިޔަ މަހުގެ 2 ވަނަ ދުވަހު އޭނާ ނިޔާވެފައި ވާއިރު، އެ ހާދިސާ އާއި ގުޅިގެން، މިޔަރުގެ މަސްވެރިކަން ހުއްދަ ކުރުމަށް ގިނަ ބަޔަކު ގޮވާލާފައިވެއެވެ.

ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ އިސްބޭފުޅަކު ވިދާޅުވީ، ކުރިން މިޔަރު އުރަހާއި މިޔަރުގެ މަސްވެރިކަމުގެ ވިޔަފާރި ކުރަމުން އައި ބައެއް ފަރާތްތަކުން، އަލުން މިޔަރުގެ މަސްވެރިކަން ހުއްދަކުރުމަށް ސަރުކާރަށް ބާރުއަޅަމުންދާ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގައި މިޔަރުގެ މަސްވެރިކަން ފަށައިފިނަމަ އެކަމުގެ ސަބަބުން ފަތުރުވެރިކަމަށާއި، ދޮށީގެ މަސްވެރިކަމަށްވެސް ނޭދެވޭ އަސަރުތައް ކުރާނޭކަން ފާހަގަވާތީ، މިޔަރުގެ މަސްވެރިކަމަސް އަލުން ހުއްދަ ދިނުމާއި މެދު ސަރުކާރުން މިހާތަނަށް ގޮތެއް ނިންމާފައެއް ނުވެއެވެ.

މިޔަރަކީ އުމުރު ދިގު އަދި ލަހުން ވިހައި އާލާވާ އެއްޗަކަށް ވާތީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި މިޔަރުގެ އާބާދީ ވަނީ ހިމާޔަތްކޮށްފައެވެ. ރާއްޖޭގައި މިޔަރުގެ މަސްވެރިކަން މުޅިން މަނާކުރީ، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި 2010 ވަނަ އަހަރުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.