Advertisement

ޒައިދާނާއިއެކު ޓްރޭނިންގ ހަދަމުންދިޔަ ބެޗުގައި ހިމެނޭ ސިފައިން ޒައިދާންގެ މަހާނައިން ވިނަ ނޮޅަނީ --- ފޮޓޯ: އުނގޫފާރު ރައްޔިތެއް --

07 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

ޒައިދާންނާއި އެކު ޓްރޭނިންގ ހަދަމުން ދިޔަ ސިފައިންގެ އޮފިސަރުން ޒައިދާންގެ މަހާނައަށް ޒިޔާރަތްކޮށްފި

ހުސްވި ޖޫންމަހުގެ 2 ވަނަ ދުވަހު ސިފައިންގެ ތަމްރީނެއް ކުރިޔަށް ގެންދަނިކޮށް، މިޔަރެއް ހަމަލާދިނުމުގެ ސަބަބުން ލިބުނު ޒަޚަމްތަކާއި ގުޅިގެން ނިޔާވި، އެމްއެންޑީއެފްގެ ކޯޕްރަލް، މުޙައްމަދު ޒައިދާންގެ މަހާނައަށް، އޭނާއަާއެކު ޓްރޭނިންގ ހަދަމުން ދިޔަ އެހެން އޮފިސަރުން ޒިޔާރަތްކޮށްފިއެވެ.

ޒައިދާނާއިއެކު  ޓްރޭނިންގ ހަދަމުން ދިޔަ ބެޗުގައި ހިމެނޭ ސިފައިންގެ އޮފިސަރުން މިއަދު ވަނީ އުނގޫފާރަށް ގޮސް، އުނގޫފާރު ގަބުރުސްތާނުގައި އޮތް ޒައިދާންގެ މަހާނައަށް ޒިޔާރަތްކޮށް، އޭނާގެ މައްޗަށް ދުޢާކޮށް، އަދި އެ މަހާނައިގެ ވިނަ ނޮޅާފައެވެ.

މީގެ އިތުރުން ޒައިދާނާއިއެކު ޓްރޭނިންގ ހަދަމުން ދިޔަ ބެޗުގައި ހިމެނޭ ސިފައިންގެ އޮފިސަރުންނާއި، އެޓްރޭނިންގެ މުދައްރިބުން ވަނީ، ޒައިދާންގެ އާއިލާ ގާތަށްވެސް ޒިޔާރަތްކޮށްފައެވެ. އުނގޫފާރުން މައުލޫމާތު ލިބުނު ގޮތުގައި ޒައިދާނާއިއެކު ޓްރޭނިންގ ހަދަމުން ދިޔަ ބެޗުގައި ހިމެނޭ ސިފައިންގެ އޮފިސަރުން އުނގޫފާރުގައި ހޭދަކޮށްފައި ވަނީ ދޮޅުގަޑިއެއްހައި އިރެވެ.

ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕުގައި މަސައްކަތް ކުރަމުންދިޔަ، ރ. އުނގޫފާރު ނިއުލައިފް، މުހައްމަދު ޒައިދާން (23އ)، ނިޔާވީ، ޖޫން 2 ވަނަ ދުވަހު މިޔަރެއްގެ ހަމަލާގައި ލިބުނު ޒަޚަމްތަކާއި ގުޅިގެންނެވެ. ރަސްމީ އިއްޒަތުގައި އުނގޫފާރު ގަބުރުސްތާނުގައި ޒައިދާންގެ ހަށިގަނޑު ވަޅުލާފައި ވަނީ، ޖޫން 3 ވަނަ ދުވަހުގައެވެ.

ޒައިދާންގެ މަރުގެ ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފްގެ މައްޗަށް އިހުމާލުވުމުގެ ތުހުމަތުތައް ކުރެވުނު ނަމަވެސް އެކަމާއި ގުޅިގެން އެމްއެންޑީއެފުން އެއްވެސް ވާހަކައެއް ދައްކާފައެއް ނުވެއެވެ. އަދި އެހާދިސާ ހިނގައި ދިޔަގޮތް ސިއްރުކޮށްފައި އޮތް އިރު، އެހާދިސާ އާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ބުނުން ފިޔަވައި އެމްއެންޑީއެފުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޒައިދާން ނިޔާވި އިރު އޭނާ ދިވެހި ސިފައިންގެ ތެރޭގައި ޚިދުމަތް ކުރަންފެށިތާ 4 އަހަރާއި 11 މަހާއި 13 ދުވަސް ވަނީ ވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.