Advertisement

އިމިގްރޭޝަނުން ހޯމަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

09 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރޭ މެންދަމެއްހާ އިރު އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހަތަރު މީހަކު ބަންދުކޮށްފި

ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން ސިލްސިލާގޮތެއްގައި މިހާރު ކުރިޔަށްގެންދާ އޮޕަރޭޝަން ތަކުގައި ރޭ މެންދަމެއްހާ އިރު ހަތަރު މީހަކު ބަންދުކޮށްފިއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި އެ އޮޕަރޭޝަނަކީ މާލޭގައި ކުދި ރީޓެއިލް ވިޔަފާރިތައް ފުޅާދާއިރާއެއްގައި ހިންގަމުންދާ ބިދޭސީއަކު ހޯދުމަށް ހިންގި އޮޕަރޭޝަނެކެވެ.

އިމިގްރޭޝަންގެ އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ހިންގާފައިވާ މި އޮޕަރޭޝަން ވަނީ ކާމިޔާބުކޮށްފައެވެ. އަދި އޮޕަރޭޝަންގައި ޓާގެޓް ކުރި ބިދޭސީ މީހާގެ އިތުރުން، އެ ފިހާރައިގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުން ދިޔަ އިތުރު ތިން މީހަކު ވެސް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި އޮޕަރޭޝަނުގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ ތިން ފިރިހެނަކާއި އަންހެނެކެވެ. ނަމަވެސް މި މީހުންގެ ވަނަވަރު އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

މާލެ އާއި ހުޅުމާލެ އިން މިދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ހިފަހައްޓައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު ގިނަ ބައެއްގެ ކަންބޮޑުވުމަކީ، ބިދޭސީން ލައްވައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރުވައި އަދި މަސައްކަތް ކުރުވާ ދިވެހިންނާ މެދު ގާނޫނީ ފިޔަވަޅު އަޅަމުން ނުދިއުމެވެ.

މިކަމަށް އިޝާރާތް ކުރައްވައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، މުޙައްމަދު ޝައްމާން ވަޙީދު އެކްސްގައި އިއްޔެ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެފަދަ ދިވެހީންނާއި މެދު އަޅާނެ ފިޔަވަޅުތައް އިމިގްރޭޝަންގެ ޤާނޫނުގައި ކަނޑައަޅާފައިވާކަމެވެ. އަދި އެ ޤާނޫނާއި ގާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދުތަކަށް ބޯލެނބުމަށް އިލްތިމާސްކޮށްފައިވެއެވެ.

"ޤާނޫނު ނަންބަރު: 2007/1 (ދިވެހިރާއްޖޭގެ އިމިގްރޭޝަން ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުށް ރާއްޖޭގައި ބިދޭސީންނާއެކު މުއާމަލާތްތައް ހިންގާ ދިވެހިން މަސައްކަތްކުރުމުގެ ހުއްދަނެތް ބިދޭސީއަކު ލައްވާ ރާއްޖޭގައި އެއްވެސް މަސައްކަތެއް ކުރުވުމަކީ ކުށެށް. އަދި އެފަދަ ފަރާތްތައް އެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ށ) ގެ ދަށުން، 50,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކޮށް އެމީހެއްގެ ޕާސްޕޯޓު ވަކިމުއްދަތަކަށް ހިފެހެއްޓުމުގެ އިހްތިޔާރު، ކޮންޓްރޯލަރ އޮފް އިމިގްރޭޝަނަށް ލިބިގެންވޭ. އަޅުގަނޑު އިލްތިމާސްކުރަނީ އެންމެހާ ފަރާތްތަކުންވެސް އިމިގްރޭޝަންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް."

ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ހޯމަ ދުވަހު އެކްސްގައި ކުރި ޕޯސްޓު

ރާއްޖޭގައި ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން އަތުލައިގަންނަން މި ސަރުކާރުން ވެސް ވަރަށް ބޮޑު އިސްކަމެއް ދޭނެކަމަށް ބުނެފައިވާއިރު، ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އެ ކަމަށް ފުރިހަމަ ހައްލެއް ނުލިބެނީސް ދޫނުދެއްވާނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.