Advertisement

10 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ދަރިޔަކު ނުވަތަ އާއިލާ މީހަކަށް ނާޖާއިޒް ގޮތުގައި ސަރުކާރުގެ މަގާމެއް ހޯދައެއް ނުދެން: މިނިސްޓަރ ޝަހީމް

ދަރިޔަކު ނުވަތަ އާއިލާ މީހަކަށް ވިޔަސް، ނާޖާއިޒް ގޮތުގައި ސަރުކާރުގެ އިސްމަގާމެއް ހަމަޖައްސައިދީފައި ނުވާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ސިޔާސީ މާޤާމުތައް މަދުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވިދާޅުވެފައިވަނިކޮށް، އެބޭފުޅާގެ ފިރިހެން ދަރިކަލުންނާއި، އެއްބަނޑު އެއްބަފާ ކޮއްކޮއަށް ސިޔާސީ ބޮޑު ދެ މަޤާމު ހަމަޖެއްސުމުން، އެކަމާ ގުޅިގެން އާންމުންގެ ފަރާތުން ގިނަ ފާޑު ކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ޝަހީމް އެކްސްގައި ކުރެއްވެވި ޕޯސްޓް 

މިނިސްޓަރ ޝަހީމްގެ ދަރިކަލުން އަބްދުﷲ މާޙިލް ޝަހީމް އައްޔަނުކޮށްފައިވަނީ މެލޭޝިއާގައި ހުންނަ ދިވެހި ހައި ކޮމިޝަނުގެ ތިންވަނަ ސެކްރެޓަރީ އަކަށެވެ. އަދި މިނިސްޓަރ ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އަހުމަދު ޝިފާޒް އަލީ ސައީދު އައްޔަނު ކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ ނައިބަކަށެވެ.

ސޯޝަލް މީޑިއާގައި މިނިސްޓަރ ޝަހީމް މިއަދު ކުރެވި ޕޯސްޓުގައި ވިދާޅުވެފައިވަނީ، އާއިލާ ބޭފުޅުންނަށް ސަރުކާރަށް ޚިދުމަތް ކުރުމުގެ ފުރުސަތު ލިބެނީ އެ ބޭފުޅަކު ކިޔަވައިގެން ހުންނެވި ދާއިރާއަކުން ކަމަށާއި، އެ ކަމުގައި ނުފޫޒާއި ބާރުގެ ބޭނުން ނާޖާއިޒް ގޮތުގައި ކޮށްފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑުގެ ދަރިޔަކު، ނުވަތަ އާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ހިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުސަތަކީ އަޅުގަނޑު ނާޖާއިޒް ގޮތުގައި ހޯދައިދޭނެ ފުރުސަތެއް ނޫން. ދައުލަތުގެ މުދަލާއި މަގާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،"

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.

"ނޫން" އަށް އެނގިފައިވާ ގޮތުގައި، މިނިސްޓަރ ޝަހީމްގެ ދަރިކަލުންނަށް ކަނޑައަޅާފައިވަނީ 100،000ރ. (އެއް ލައްކަ ދިވެހި ރުފިޔާ) ގެ މުސާރައެކެވެ. އަދި މިނިސްޓަރ ޝަހީމްގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރުމުގެ އިތުރުން، މިނިސްޓަރގެ އަނބިކަނބަލުން ފާތިމަތު އާފިޔާ އަކީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑުގެ މެންބަރެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.