Advertisement

08 Jul 2024
ޚަބަރު

ޚަރަދު ކުޑަ ކުރުމުގެ ގޮތުން މަޖިލީހާއި ކައުންސިލް މެމްބަރުންގެ އަދަދު މަދުކުރަނީ

ދައުލަތުގެ ޚަރަދު ބޮޑުވެގެން ދިއުމާއި ގުޅިގެން ޚަރަދު ކުޑަ ކުރުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދާއި، ރަށު ކައުންސިލް މެމްބަރުންނާއި އަދި އަތޮޅު ކައުންސިލްތަކުގެ މެމްބަރުންގެ އިތުރުން އެކި ޤާނޫނުތަކުގެ ދަށުން އުފައްދާފައިވާ މުއައްސަސާތަކުގެ މެންބަރުންގެ އަދަދު މަދުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެސްސީ) ހަރުގޭގައި އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަރުގޭގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަ އާބާދީއެއް އޮންނަ ރަށްރަށަށް ގިނަ ކައުންސިލް މެމްބަރުންތަކެއް ހޮވުމަކީ ދައުލަތަށް ބުރަ ބޮޑު ކަމެއް ކަމަށާއި، މިފަދަ އާބާދީތަކަށް ރައީސާއި ނައިބް ރައީސް އެކަނި ހޮވައިގެން ފަރުޖެއްސޭނެ ކަމަށެވެ.

އަދި ރާއްޖޭގެ އާބާދީ އިތުރުވަމުންދާ މިންވަރަކަށް މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރު ކުރުމަކީ އެ މަނިކުފާނު ގަބޫލުކުރާ ގޮތެއް ނޫންކަމާއި، އެންމެ ރަގަޅު ގޮތަކީ 17 ވަނަ މަޖިލީހާއި އެއްގޮތަށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 77 އަށް ދަށް ކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއީ ދައުލަތުގެ ޚަރަދު ބޮޑު ތަނުން ކުޑަކުރެވޭނެ ކަމެއް ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރެއްވެވިއެވެ.

ދެން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކޮމިޝަންތައް ހިންގުމަށް ވެސް ގިނަ މެމްބަރުންތަކެއް ބޭނުން ނުވާކަމަށާއި، ބޭނުންވަނީ އިހުލާސްތެރިކަމާއެކު މަސައްކަތްކުރާނެ މަދު ބައެއް ކަމަށެވެ. އެހެންކަމުން، ކޮމިޝަންތަކުގެ މެންބަރުންގެ ޢަދަދު ވެސް ކުޑަކުރުމަށް ޤާނޫނުތަކަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، އެއްބާވަތެއްގެ މަސައްކަތްކުރާ ކޮމިޝަންތައް އެއްކޮށްލުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި، އޭރުން އެ ކޮމިޝަންތަކުން ރައްޔިތުންނަށް ކުރާ ފައިދާ ބޮޑުވެ، ކޮމިޝަންތަކުގެ ނަތީޖާ ނެރެވޭ މިންވަރު އިތުރުވެގެން ދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.