Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު --

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރަން ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތައް ހާމަކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއް ގައެވެ.

އެމަނިކުފާނުގެ ޕޯސްޓުގައި ވިދާޅުވީ، ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައްވެސް އެޅުއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސަރުކާރުގެ ރިކަރަންޓް ޚަރަދުތައް ކުޑަކުރުމަށްވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މީގެ އިތުރަށްވެސް ގިނަ ފިޔަވަޅުތަކެއް ކުރިޔަށް އޮތް ދުވަސްތަކުގައި އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން ސިޔާސީ މަޤާމުތަކުގެ އަދަދު މަދުކުރެއްވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިރޭ އިޢުލާނު ކުރެއްވި އިރު، މިސަރުކާރުން ސިޔާސީ މަޤާމުތަކަށް ޢައްޔަނުކޮށްފައިވާ މީހުންގެ އަދަދެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރައްވައެވެ. އަދި އެމައުލޫމާތު ސަރުކާރުން ރައްޔިތުންގެ މަޖިލީހަށްވެސް ނުދެއްވައެވެ. މީގެއިތުރުން ތަކުރާރުކޮށް މީޑިއާތަކުން އެމައުލޫމާތު ހޯދަން އެދިގެންވެސް މިހާތަނަށް ސަރުކާރުން އެމައުލޫމާތު ޙިއްސާކޮށްފައެއް ނުވެއެވެ.

މިސަރުކާރުގެ ސިޔާސީ މަޤާމުތައް ގިނަ ކަމަށާއި، ސިޔާސީ މަޤާމުތަކަށް މުސާރައިގެ ގޮތުގައި ކުރާ ހޭދަ ވަރަށް މަތިކަން ފާހަގަކޮށް އިދިކޮޅު ޕާޓީ އެމްޑީޕީން ސަރުކާރަށް ފާޑު ކިޔާފައިވެއެވެ.

ކޮމެންޓް
އަނގަ ގަދަ
ކައުންސިލަރުން މަދުކުރޭ ކީއްކުރާ ބައެއްތަ ކުރާނެ ކަމެއް ނެތިފަ ވަދެ ނޫސް ކިޔަން ތިބޭބައެއް އަދިވެސް އެމީހުންގެ މުސަަާރަ ބޮޱުކުރޭ
28 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.