Advertisement

އިންވޭސިވް މެނިންގޯކޮކަލް ބެކްޓީރިއާ --

25 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ނުރައްކާތެރި ބެކްޓީރިއާއަކުން ފެތުރޭ އިންވޭސިވް މެނިންގޯ ކޮކަލް ޖެހުނު މީހަކު ދެނެގަނެވުމާއި ގުޅިގެން އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފަށައިފި

ނުރައްކާތެރި ބެކްޓީރިއާއަކުން ފެތުރޭ އިންވޭސިވް މެނިންގޯ ކޮކަލް ޖެހުނު މީހަކު ދެނެގަނެވުމާއި ގުޅިގެން އެޗްޕީއޭއިން ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، އިންވޭސިވް މެނިންގޯކޮކަލް ބަލީގެ ކޭސްއެއް ފެނުމާ ގުޅިގެން ކަމާ ބެހޭ މައުލޫމާތު އެއްކޮށް، ކޮންޓެކްޓް ޓްރޭސިންގް ހަދާ، ކޮންޓެކްޓްވީ ފަރާތްތަކަށް މައުލޫމާތު ދީ، ކޮންޓެކްޓުންނަށް ބަލިން ރައްކާތެރިވުމަށްދޭ ޕްރޮފައިލެކްޓިކް ބޭސް ދޭން ވަނީ ފެށިފައެވެ.

އެޗްޕީއޭއިން ވިދާޅުވީ، މެނިންގޯކޮކަލް ބަލި ފެތުރެނީ ނޭވާލާ ނިޒާމުގެ ޒަރީއާއިން ކަމަށެވެ. އަދި ބަލި ޖެހިފައިވާ މީހާއާ އެކު އެންމެ ގާތްކޮށް އުޅޭ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުވާ ކަމަށާއި، މި ބަލީގެ އަލާމާތްތައް ފެންނާނީ ބަލިޖެހޭތާ 1 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތެއްގައި ކަމަށްވެސް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެޗްޕީއޭއިން ވިދާޅުވީ، މިއަހަރު ހައްޖަށް ވަޑައިގެންނެވި ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިއްމު ކަމަށެވެ.

އަދި މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދޭ ކަމަށާއި، މެނިންޖައިޓިސް ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގައެވެ. މި ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖަހަން ޖެހޭ ކަމުގައިވެސް އެޗްޕީއޭއިން ވިދާޅުވެފައިވެއެވެ.

މިބަލީގެ ޢަލާމާތްތަކުގެ ތެރޭގައި،

- ބޮލުގައި ރިއްސުން

- ކަނދުރާ ވާންވުން

- މޭނުބައިކޮށް ހޮޑުލެވުން

- ވާނުވާ ނޭނގޭ ގޮތްވުން

- ގައިގައި ރަތްބިހި ނުވަތަ ލައްތަކެއް ނެގުން.

- ފިޓްޖެހުން

- އަލިގަދަވުމުން އުނދަގޫވުން

- ވަރުދެރަވުން

- ނޭވާކުރުވެ އަވަސްވުން

އެޗްޕީއޭއިން ހާމަކުރައްވާފައިވާ ގޮތުގައި، މިބަލީގެ ކްލޯޒް ކޮންޓެކްޓެއް ކަމަށް ބަލާނީ، ބަލިމީހުންނާއި އެެއްގެއެއްގައި ދިރިއުޅޭ މީހުންނާއި، ބަލިމީހާ އާއި އެއްކޮށް މަތިންދާ ބޯޓުން ނޫނީ ބަހުގައި ވަރަށް ގިނައިރުވަންދެން ދަތުރުކޮށްފައިވާ މީހުންނާއި، ބަލި މީހާގެ ކުޅުފަދަ ނޭވާލާ ނިޒާމުން އުފެދޭ ތެތްކަމަށް ހުށައެޅިފައިވާ މީހުންނެވެ.

އެޗްޕީއޭއިން ވިދާޅުވީ، ބަލިމީހާ އާއި އެއް ފެންފުޅިއަކުން (ފުޅީގައި ތުން ނުޖަހައި) ފެން ބޮއެ، އެކުގައި ކައި ބޮއެ ހަދާފައިވާ މީހުން އަދި ބަލިމީހާ އާއި ކުޑަ ވަގުތުކޮޅަކަށް ދިމާވެފައިވާ މީހުން " ކްލޯޒް ކޮންޓެކްޓް"އިން ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ރާއްޖެއިން މިބަލި މިފަހަރު ފެނިފައި ވަނީ ހައްޖަށް ގޮސްފައި އެނބުރި ރާއްޖެއަށް އައި މީހެއްގެ ގައިންނެވެ.

މިއަހަރުގެ ކުރީ ކޮޅުން ފެށިގެން މިބަލި އެމެރިކާ އާއި ޔޫރަަޕްގެ ޤައުމުތަކުގައި ފެތުރުން ވަނީ އިތުރުވެފައި ކަމުގައި، މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ. މިބައްޔަކީ 1960ގެ އަހަރުތަކުގެ ކުރިން ދެނެގަނެވިފައިވާ ބައްޔެކެވެ. ރާއްޖޭގައި މިބަލިން ރައްކާތެރިވުމަށް ދެވޭ ވެކްސިން ލިބެން ހުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.