Advertisement

ހުޅުމާލެ ފޭސް 3 ގެ ބިންހިއްކުން --- ފޮޓޯ: އެޗްޑީސީ

25 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މެދުކަނޑާލާފައި އޮތުމަށްފަހު ހުޅުމާލެ 3 ގެ ބިންހިއްކަން ފަށައިފި

ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް އިއްޔެ އަލުން ފަށާފައިވާ ކަމުގައި އެޗްޑީސީން ހާމަކުރައްވައިފިއެވެ.

އެޗްޑީސީން ހުޅުމާލެ 3 ގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައި ވަނީ، ހުސްވި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. އަދި އެމަޝްރޫގެ ބިންހިއްކުމުގެ މަސައްކަތް ވަގުތީ ގޮތުން މެދު ކަނޑާލީ، ރާއްޖޭގެ ފަރުތަކަށް ދިމާވަމުން އަންނަ ގާހުދުވުމުގެ މައްސަލަ އާއި ގުޅިގެން، ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ފަޅުފުންކުރުންފަދަ މަޝްރޫޢުތައް ހުއްޓާލުމަށް، އީޕީއޭއިން އެންގުމާއި ގުޅިގެންނެވެ.

ތިންވަނަ ފިޔަވަހީގެ ބިންހިއްކުމުގެ މަސައްކަތް އިއްޔެ އަލުން ފެށިއިރު، އެމަޝްރޫޢުގެ ދަށުން މިހާތަނަށް ހިއްކިފައި އޮތީ، 23 ހެކްޓަރެވެ. އަދި އިތުރު 40 ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައި ވާއިރު، އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދު ފަހަރު ނެގުމަށް ދިން މުހުލަތުގައިވެސް އެތަނުން އުޅަނދުތައް ނަގާފައި ނުވާތީ، މަޝްރޫޢު ކުރިޔަށް ގެންދިޔުމަށް އެކަމުގެ ދަތިތައް ފޯރަމުންދާ ކަމުގައިވެސް އެޗްޑީސީން ފާހަގަކުރައްވާފައިވެއެވެ.

ހުޅުމާލެ 3 އަކީ، ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށްވެސް ހިމަނާފައިވާ ބިމެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.