Advertisement

މިނިވަން ދުވަހުގެ ފުޅަނދު ބުރު 2023 --- ފޮޓޯ: ރައީސް އޮފީސް

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދައުލަތުގެ ޚަރަދު ކުޑަކުރުމަށް މިނިވަން ދުވަހުގެ ކުޅިވަރުތަކާއި އިޙްތިފާލުތައް ނުބޭއްވުމަށް ރައީސް ނިންމަވައިފި

ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގެ ގޮތުން މިއަހަރު، މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމަށް ބައެއް ފިޔަވަޅުތައް އެޅުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތުން، އެކި މުނާސަބަތުތަކުގައި ބާއްވާ ޙަަފްލާތަކަށް ކުރާ ޚަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭކަމަށެވެ. އެހެންވެ ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށް ނިންމަވާފައިވާ ކަމަށާއި، އެދުވަހު ހަމައެކަނި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އެކަނި ބޭއްވުމަށް ނިންމަވައި އެކަން ކަމާއި ބެހޭ މުއައްސަސާތަކަށް އަންގަވާފައިވާ ކަމަށެވެ.

ކޯވިޑް-19ގެ ޢާލަމީ ބަލިމަޑުކަމުގެ ދުވަސްވަރު ފިޔަވައި، ރައީސް މައުމޫނުގެ ޒަމާނުން ފެށިގެން، ދިވެހިރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަ ގޮތެއްގައި އައީ ފާހަގަކުރަމުންނެވެ. މިގޮތުން ހެވިކަމާއި ކުޅިވަރުތައް ދައްކާލުމާއި، ފުޅަނދުބުރު ބޭއްވުމާއި، ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބާއްވާ ޚާއްޞަ ޖާފަތް ބޭއްވުމަކީ ޘަޤާފަތެއްގެ ގޮތުގައި ހިނގަމުން އައި ކަމެކެވެ.

ރާއްޖޭގައި މިނިވަން ދުވަސް އެންމެ ކުލަގަދަކޮށް ފާހަގަކޮށްފައި ވަނީ، މިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބުދުލްޤައްޔޫމްގެ ޒަޢާމަތުގައި 2015 ވަނަ އަހަރުގައެވެ. އެއަހަރު މިނިވަން 50 ވަރަށް ކުލަ ގަދަގޮތެއްގައި މުޅި ރާއްޖޭގައި ފާހަގަކުރުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައިވެއެވެ،

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.