Advertisement

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން -- ފައިލް ފޮޓޯ

25 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ކުރެއްވި ދަތުރުފުޅަށް، 1.4 މިލިޔަން ރުފިޔާ ޚަރަދުވި: ރައީސް އޮފީސް

އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ކުރެއްވި ދަތުރުފުޅަށް، 1.4 މިލިޔަން ރުފިޔާ ޚަރަދުވި ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައިފިއެވެ.

އެއޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި 20 ބޭފުޅުންގެ ވަފުދަކާއި އެކު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މިދަތުރުފުޅަށް ޚަރަދުވެފައި ވަނީ ޖުމުލަ، 1،440،170.33ރ (އެއްމިލިޔަން ހަތަރުލައްކަ ސާޅީސާހާސް ސަތޭކަ ހަތްދިހަ ރުފިޔާ ތެއްތިރީސް ލާރި) އެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުތަކުގެ ޚަރަދު ތަފްސީލްތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އާއްމު ކުރެއްވި ނަމަވެސް އެއޮފީހުން މިއަދު މީޑިއާތަކާއި ޙިއްޞާކޮށްފައި ވަނީ ދަތުރުފުޅަށް ޚަރަދުވި ޖުމުލަ ފައިސާގެ ޢަދަދު އެކަންޏެވެ. ކުރިން އެ މައުލޫމާތު ހާމަކުރައްވާއިރު، ޓިކެޓް ޚަރަދާއި، އެހެނިހެން ޚަރަދުތައް ވަކިވަކިން އެނގޭނެހެން ހާމަކުރައްވާފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އާއި އެމަނިކުފާނުގެ ވަފުދުގައި ހިމެނޭ ބޭފުޅުން ދަތުރުފުޅުކުރައްވާފައި ވަނީ، މާލެއިން ކޮލަމްބޯއަށް، އަދި ކޮލަމްބޯއިން ދުބާއީއަށް ދިޔުމަށްފަހުގައި، ދުބާއީ އިންޑިއާގެ ވެރިރަށް ނިއުދިއްލީއަށެވެ. އެހެންވެ ދަތުރުފުޅަށް ކޮންމެ ކޮޅަކަށްވެސް އެއްދުވަސް ހޭދަވިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަކުރައްވާފައިވެއެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ދިއްލީއަށް ވަޑައިގެންނެވޫ ޖޫންމަހުގެ 8 ވަނަ ދުވަހުގައެވެ. އެނބުރި ރާއްޖެއަށް ވަޑައިގެންނެވީ ޖޫންމަހުގެ 11 ވަނަ ދުވަހުގައެވެ.

މިދަތުރުފުޅުން ޙާސިލްވި މުހިއްމު ކަންކަމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފާހަގަ ކުރައްވާފައި ވަނީ، ދެޤައުމުގެ ގުޅުން ބަދަހިކުރުމަށްޓަކައި މަޝްވަރާކުރެވުމެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.