Advertisement

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: ޕީއެސްއެމް ނިއުސް

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މެނިންގޯކޮކަލް ބަލީގައި މަރުވި މީހާ އާއި ކޮންޓެކްޓްވި، 46 މީހަކު ވަނީ ދެނެގަނެވިފައި: އެޗްޕީއޭ

މިހަފްތާގައި ރާއްޖެއިން، މެނިންގޯކޮކަލް ބަލިޖެހުނު މީހަކު ދެނެގަނެވުމާއި ގުޅިގެން ކުރިޔަށް ގެންދިޔަ ކޮންޓްކެޓް ޓްރޭސިންގެ ތެރެއިން މިހާތަނަށް 46 މީހަކު ދެނެގަނެވިފައިވާ ކަމުގައި އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން،  އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާޙިމް އަޝްރަފް ވިދާޅުވީ، އެބަލި ރާއްޖެއިން ދެނެގަނެވުމާއި އެކު އެޗްޕީއިން ކުރިޔަށް ގެންދާ ކޮންޓެކްޓް ޓްރޭސިންގެ ގެ ތެރެއިން ފާހަގަވި 46 މީހުންގެ ތެރެއިން، ބޭސްދޭން ޖެހޭ މީހުންނަށް މިހާރު ވަނީ ބޭސްދެވިފައިވާ ކަމަށާއި، އެހެން ނަމަވެސް އަދިވެސް ކޮންޓެކްޓް ޓްރޭސިން އިތުރަށް ކުރިޔަށް ގެންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މެނިންގޯކޮކަލް ބަލިޖައްސާ ބެކްޓީރިއާ ފެތުރިގެން ދިޔަ ނުދިނުމަށްވެސް އެޗްޕީއޭއިން ފިޔަވަޅުތައް އަޅަމުން ގެންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރޭގެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން، އެތެރެހަށީގެ ޙާއްޞަ ޑރ. ޑރ މޫސާ މުރާދު ވިދާޅުވީ، މެނިންގޯކޮކަލް ބަލިޖައްސަނީ ބެކްޓީރިއާއަކުން ކަމަށް ވީނަމަވެސް މި ބެކްޓީރިއާ އެކެއްގެގައިން އަނެކެއްގެ ގަޔަށް ވާޞިލްވަނީ، ކެއްސައި ކިނބިހި އަޅާއިރު، ބަލިމީހާގެ އަނގައިންނާއި ނޭފަތުން ނުކުންނަ ތިކިތަކުގެ ޒަރީއާއިން ކަމަށެވެ. 

"ވައިރަސްތައް ފެތުރޭހައި ފަސޭހައިން އެކަކުގައިން އަނެކަކުގެ ގަޔަށް ފެތުރޭ އެއްޗެއް ނޫން ބެކްޓީރިއާ ތަކަކީ. އެހެންވީމާ، އެކަކުގައިން އަނެކެއްގެ ގަޔަށް ފެތުރުމުގެ ބައި ނުވަތަ އެބާރު ތަންކޮޅެއް ކުޑަވާނެ މިޖަރާސީމުގައި. އާއްމު ގޮތެއްގައި ތަންކޮޅެއް ކައިރިން ކޮންޓެކްޓްވާ މީހުންނަށް މިބަލި މިއަރަނީ."

އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރު ޑރ. މޫސާ މުރާދު --

ޑރ. މޫސާ މުރާދު ވިދާޅުވީ، މިބަލީގައިވެސް ފުރަތަމަ ފެންނަނީ އާދައިގެ ރޯގާއެއްގެ އަލާމާތްތައް ކަމަށް ވީނަމަވެސް، ޚާއްޞަ ސަމާލުކަމެއް ދޭންޖެހެނީ، މިބައްޔަކީ ތަންކޮޅެއް އަވަހަށް ނުރައްކާވެދާނެ ބައްޔަކަށް ވާތީ ކަމަށެވެ.

ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ މިބައްޔަކީ އިންފެކްޝަނެކެވެ. މިބެކްޓީރިއާ ހަމަލާދެނީ ހަށިގަނޑުގެ ނާރުތަކުގެ ނިޒާމަށާއި ސިކުނޑިއާ ލޭ ހޮޅިތަކަށެވެ. އެހެންވެ ބަލި ޖެހޭތާ 24 ގަޑި އިރުގެ ތެރޭގައިވެސް ބައެއް މީހުންގެ ހާލަތު ވަރަށް ނާޒުކު ދަރަޖައަކަށް ދެއެވެ. ޑޮކްޓަރ މޫސާ މުރާދު ވިދާޅުވީ، މިބެކްޓީރިއާ ސިކުނޑިއަށާއި މުޅި ހަށިގަނޑަށް ފެތުރިގެންދާ ހާލަތްތަކުގައި ބަލިމީހާގެ ފުރާނަ ގެއްލުމުގެ ފުރުޞަތު ބޮޑުވާ ކަމަށެވެ.

އިންވޭސިވް މެނިންގޯކޮކަލްއަކީ، ރާއްޖެއިން އަލަށް ފެނުނު ބައްޔެއް ނޫނެވެ. މީގެ ކުރިންވެސް މިބަލި ރާއްޖޭގައި ބައެއް މީހުންނަށް ޖެހިފައިވެއެވެ. އަދި މިބަލިން ރައްކާތެރިވުމަށް ޖަހާ މެނިންޖައިޓިސް ވެކްސިނަކީ، ރާއްޖެއިން ލިބެން ހުއްނަ ވެކްސިނެކެވެ.

އިންވޭސިވް މެނިންގޯކޮކަލްއަކީ ބޭރު ޤައުމުތަކުގައި ފެތުރޭ ބައްޔަކަށްވާތީ، ރާއްޖެއިން ބޭރަށް ޚާއްޞަކޮށް ޙައްޖާއި ޢުމްރާގެ އަޅުކަމަށް ވަޑައިގަންނަވާއިރު، މިވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އަދި ފުރުމުގެ 14 ދުވަސް ކުރިން ވެކްސިން ޖެހުމަކީ، ވެކްސިންގެ އަސަރު ރަނގަޅަށް ކުރާނެ ކަމެއް ކަމުގައިވެސް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.