Advertisement

ފުލުހުންގެ އިދާރާ ---

26 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސ. ފޭދޫގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ނޭޕާލް މީހެއް: ފުލުހުން

ސ. ފޭދޫގައި މޫދުތެރޭގައި މަރުވެފައި އޮއްވައި މިއަދު ހެނދުނު ފެނުނު މީހަކީ ނޭޕާލް މީހެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނިފައި ވަނީ ނޭޕާލުގެ ފިރިހެނެކެވެ. އޭނާގެ ހަށިގަނޑުގެ ބޭރުފުށުން އެއްވެސް ކަހަލަ ޒަޚަމެއް އަނިޔާއެއްގެ ނިޝާނެއް ފެންނަން ނެތްކަމަށްވެސް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

އެމީހާ މޫދު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ކުނިއުކާލަށް ދިޔުމަށްފަހު އެނބުރި ނައިސްގެން ހޯދަމުން ދަނިކޮށް ކަމަށާއި، އެހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހެނދުނު 9:40 ހާއިރުގައި ކަމަށް ފުލުހުންގެ އިދާރާއިން ވިދާޅުވިއެވެ.

މިދިޔަ މަހު ސިނަމާލެ ބްރިޖް ކައިރިން ކަނޑުމަތިން މަރުވެ އޮޔާދަނިކޮށް ނޭޕާލް އަންހެނެއްގެ ހަށިގަނޑު ފެނިފައިވެއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވެފައި ވަނީ، މަރުގެ މިމައްސަލަތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން އެއިދާރާއިން ބަލަމުން ގެންދާކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.