Advertisement

ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން ---

27 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އާއްމުންގެ އަތުން ނަގާ ޖީއެސްޓީއާއެކު އެހެން ބައެއް ޓެކްސްތަކާއި ފީތައް ބޮޑުކުރަން ނިންމައިފި

އާއްމުންގެ އަތުން ނަގާ ޖީއެސްޓީއާއެކު އެހެން ބައެއް ޓެކްސްތަކާއި ފީތައް ބޮޑުކުރަން ސަރުކާރުން ނިންމާފައިވާ ކަމުގައި ފިނޭންސް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދުވަނީ،  ދައުލަތުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީ 2024  ސިޔާސަތު އާއްމުކޮށް ޝާއިޢުކޮށްފައެވެ.

އެސިޔާސަތުގައި އަންނަ އަހަރުން ފެށިގެން މިދައުރުގެ ތެރޭގައި ބޮޑު ކުރުމަށް ނިންމާފައިވާ ޓެކްސްތަކާއި ފީތައް ވަނީ ހިމަނާފައެވެ. އެހެން ނަމަވެސް އެ އަދަދުތައް އަދި ފިނޭންސް މިނިސްޓްރީން ހާމަކޮށްފައެއް ނުވެއެވެ.

އަންނަ އަހަރުންފެށިިގެން ބޮޑު ކުރުމަށް ނިންމާފައިވާ ޓެކްސްތަތަކާއި ފީތަކުގެ ތެރޭގައި، ޖީއެސްޓީ، ޓީޖީއެސްޓީ، އިމްޕޯޓް ޑިއުޓީ، އެއާޕޯޓް ޑިވޮލޮޕްމެންޓް ފީ، ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކާއި ބިން ބިމުގެ ބިމު ކުއްޔާއި، މުވާޞަލާތީ ޚިދުމަތްދޭ ކުންފުނިތަކުން ދައްކަންޖެހޭ ކޯޕަރޭޓް އިންކަމް ޓެކުހާއި، ފަރުދުންގެ އާމްދަނީން ނަގާ އިންކަމް ޓެކުހާއި، ގްރީން ޓެކްސް ވެސް ހިމެނެއެވެ.

މިހާރުވެސް ޖީއެސްޓީ ނުވަތަ ޚިދުމަތާއި މުދަލުގެ އަގުން އާއްމު ރައްޔިތުންގެ އަގުން ޓެކުހުގެ ގޮތުގައި ކޮންމެ 100ރ އަކުން 8 ރުފިޔާ ނަގަމުން އަންނައިރު، ޖީއެސްޓީ ނަގާ މުދަލުގެ ބާވަތްތައް އިތުރު ކުރުމަށްވެސް ވަނީ ހިމަނާފައެވެ. ޓީޖީއެސްޓީގެ ގޮތުގައި މިހާރު ކޮންމެ 100ރ އަކުން 16ރ ނަގަމުން އަންނަ އިރު، އެއަދަދުވެސް ބޮޑުކުރުމާއި، އެކު ބަނގުރަލާއި އޫރުމަހާއި ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށްވެސް ނިންމާފައިވެއެވެ.

ފަރުދުންގެ އާމްދަނީން އިންކަމް ޓެކްސް ނަގާ އަދަދުވެސް ދަށްކުރުމަށް ނިންމާފައި ވާއިރު، ސިނަމާލެ ބްރިޖު ފަދަ އިންފްރާސްޓްރަކްޗަރ ތަކުން، ޓޯލް ފީއެއް ނެގުމަށްވެސް، ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކުލަވާލާފައިވާ މެދުރާސްތާ ސިޔާސަތުގައި ވަނީ ހިމަނާފައެވެ. އަދި މިސިޔާސަތާއި ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށް ވަނީ ފާސްކޮށްފައެވެ.

މި ސިޔާސަތު ވަޒީރުންގެ މަޖިލީހުން ފާސްކޮށްފައި ވަނީ، މި ޖޫންމަހުގެ 24 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް އެކުލަވާލާފައިވާ މެދުރާސްތާ ސިޔާސަތުތައް ތަންފީޒް ކުރާނީ ކުރިޔަށް އޮތް ހަތަރު އަހަރުގެ ތެރެއަށް ބަހާލައިގެންނެވެ.

ކޮމެންޓް
ވ
ދެންއުޅެއްޖެހޭނީ މޑޕ ވެރިކަންކުރިއިރަށްވުރެވެސް ދަތިއުދަގޫ ހާލެއްގަ
27 Jun 2024
ރައްޒާޤް
ޖީއެސްޓީ ބޮޑުކޮއްގެން އާއްމު ރައްޔިޔުން ނިކަމެތިކުރަންތަ މުއިއްޒުގެ މިސަރުކާރު ގެނައީ
27 Jun 2024
ރައްޔިތުން
އިސްތިއުފާދީ. އަހަރުމެންގެ ލޭފޮދުބޯން ނޫޅޭ
27 Jun 2024
ކައްދަ
ތިމަޖިލީސް މީހުން އަތުން ބައެއް މަދުކޮށްބަލަ ނިކަމެތިމީހާ މީހުން ލިބޭ 500. ރުފިޔާންމިއުޅެނީ. ދެކޮޅު ނުޖެހިގެން
27 Jun 2024
އޭ އެން
ރަޔިތުމީހާގެ ޖީބައްބަރުނުކޮ ރަޔިތުން ގޮވީމާ މަޖިލީހަށް ވަދެއިއްޒަތް ތެރިވީމަބުރަބޮޑުމިވަނީ ރަޔިތުމީހާގެޚަޒާނާޔަ ރަޔިތުންނަ ފައިދާހުރި އެކަމެކޮނުދީ އެކަކު އަނެކަކަށް ގުދޯގުދޯ ގޮވާފަ ބަނޑުފުއްޕާފަމިދަނީގެކޮޅަ.
27 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.