Advertisement

އުފާވެރި ރާސްތާ ޕްރޮގްރާމްގެ ތެރެއިން --

18 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އާއިލާ އާއި ބެހޭ ވުޒާރާއިން ގުރައިދޫ މަރުކަޒުގައި ތިބި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ޕްރޮގްރާމެއް ފަށައިފި

ދައުލަތުގެ ބެލުމުގެ ދަށުގައި، ކ. ގުރައިދޫ މަރުކަޒުގައި ތިބި ފަރާތްތަކަށް ޚާއްޞަކޮށްގެން އުފާވެރި ރާސްތާގެ ނަމުގައި، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޚާއްޞަ ޕްރޮގްރާމެއް ފަށައިފިއެވެ.

އެވުޒާރާއިން ވިދާޅުވީ، އެޕްރޮގްރަމަކީ، ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ ފަސްދޮޅަސް އިސްރަށްވެހީންނަށް ހިންގާ ޕްރޮގްރާމެއް ކަމަށެވެ. އަދި އެ ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާޢީ ހަރަކާތްތަކާއި އެކު ހިންގޭ މަޢުލޫމާތު ސެޝަންތަކެއް ކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވަނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވަމުން ގެންދަވާ ފަންނީ ބޭފުޅުން ކަމަށެވެ. މިގޮތުން މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާފައި ވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ.

އެވުޒާރާއިން ވިދާޅުވީ، މި ޕްރޮގްރާމް ހިންގުމުގެ މަޤުސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން އެ މަރުކަޒުގައި ޚިދުމަތް ހޯދާފަރާތްތައް މުޖްތަމައަށް ނެރުމަށް އަހުލުވެރި ކުރުވުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ތިބުމަށް އެހީތެރިވެދިނުންކަކަމަށެވެ.  މިއަދު ކުރިޔަށް ގެންދިޔަ ސެޝަންގައި މަޢުލޫމާތު ދީފައިވަނީ ދުޅަހެޔޮޞިއްޙަތެއްގައި ތިބުމަށް ކޮންމެ ދުވަހަކު ކުރެވޭނެ ކަސްރަތުތަކާއި، މިންހެޔޮ ކާނާ އާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުމުގެ މުހިއްމު ކަމުގެ މައްޗަށެވެ. މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ވަނީ ބައިވެރި ކުރެވިފައި ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.