Advertisement

ތިލަމާލެ ބުރިޖުގެ މަސައްކަތްތަކުގެ ތެރެއިން -- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ

19 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އިއްޔެ ރޭ މަރުވީ ތިލަ މާލެ ބުރިޖުގައި މަސައްކަތް ކުރަން އުޅުނު މީހެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ

އިއްޔެ ރޭ މަރުވި މީހާއަކީ، ތިލަ މާލެ ބުރިޖުގެ މަސައްކަތުގައި އުޅެނިކޮށް މަރުވި މީހެއް ކަމުގައި ފުލުހުންގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

އެހެން ނަމަވެސް ފުލުހުންގެ އިދާރާއިން ކުރިން ވިދާޅުވީ، އެމީހާއަކީ، ސިނަމާލެ ބުރިޖުގެ މަސައްކަތުގައި އުޅުނު މީހެއް ކަމަށެވެ. އެހެން ނަމަވެސް ފަހުން ފުުލުހުން މީޑިއާއަށް މިއަދު ފޮނުވި މެސެޖުގައި ވިދާޅުވީ، އެމީހާއަކީ ސިނަ މާލެ ބުރިޖުގެ މަސައްކަތެއްގައި އުޅުނު މީހެއް ކަމުގައި ދެންނެވުނީ މައުލޫމާތު ލިބުމުގައި އަރާފައިވާ އޮޅުމެއްގެ ސަބަބުން ކަމަށެވެ.

އިއްޔެ ރޭ އެމީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މަސައްކަތުގައި އުޅެނިކޮށް އަނބުރައިގަނެގެން ކަމަށާއި، އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މަރުވި މީހާއަކީ އިންޑިއާ ފިރިހެނެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.