Advertisement

އިންޑިއާގެ މުމްބާއީ އެއަރޕޯޓް ---

19 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މުމްބާއީ އެއާޕޯޓުގައި ދެ ފްލައިޓް މުޑިނާރައި ކިރިޔާ ސަލާމަތްވި ހާދިސާއެއް ތަޙްޤީޤު ކުރަނީ

އިންޑިއާގެ މުމްބާއީގައި ދެފްލައިޓް މުޑިނާރައި ކިރިޔާ ސަލާމަތްވި ހާދިސާއަކާއި ގުޅިގެން، އެއަރޓްރެފިކް ކޮންޓްރޯލަރު ސަސްޕެންޑްކޮށް އިންޑިއާގެ ސިވިލްއޭވިއޭޝަނުން ހާދިސާގެ ތަޙްޤީޤު ފަށައިފިއެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޯށްފައިވާ ގޮތުގައި އެކަން ހިނގާފައި ވަނީ، މި ޖޫން މަހުގެ 8 ވަނަ ދުވަހުއެވެ. އެ މަންޒަރުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެ ރަންވޭއެއް އޮންނަ މުމްބާއީ އެއާޕޯޓުގައި އިންޑިގޯ ފްލައިޓް ޖެއްސީ އެއަރ އިންޑިއާ ފްލައިޓް ޓޭކްއޮފް ކުރިތާ އެންމެ 3 ސިކުންތުގެ ތެރޭގައި ހަމަ އެރަންވޭ އަށެެވެ. އަދި ދެފްލައިޓް 1679 ފޫޓަށް ކައިރިވިއެވެ. އެ ދެފްލައިޓަކީވެސް އެއާބަސް 320 މަރުކާގެ ދެ ބޯޓެވެ.

އިންޑިއާގެ އެއާޕޯޓްތަކުގައި އައިކާއޯގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ މިންގަނޑާއި ޚިލާފަށް އަމަލުކުރާ މައްސަލަތައް މީގެ ކުރިންވެސް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވެއެވެ.

ވައިގެ ތެރޭގައި ދެ މަތިންދާ ބޯޓެއް މުޑިއެރުމުގެ އެންމެ ބޮޑު ހާދިސާއެއް ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައިވެސް ހިނގާފައި ވަނީ އިންޑިއާގައެވެ. 1996 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު، ސައުދިއާ ފްލައިޓް 763 އާއި ކަރަކިސްތާން އެއާލައިން ފްލައިޓް 1907 ވައިގެ ތެރޭގައި މުޑިއަަރައި ދެބޯޓު ފުނޑުފުނޑުވީ އިންޑިއާގެ ހަރިޔާނާގެ ސިޓީއެއްގެ 9000 ފޫޓު މަތީގައެވެ. އެހާދިސާގައި އެ ދެފްލައިޓްގައި ތިބި 349 މީހުން މަރުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.