Advertisement

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް --

20 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށްކުރުމަކީ، ކުޑަކުދިން ކުށްކުރާ މައްސަލައަށް އޮތް ހައްލެއް ނޫން ކަމުގައި ޕީޖީ ވިދާޅުވެއްޖެ

ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު ދަށްކުރުމަކީ، ކުޑަކުދިން ކުށްކުރާ މައްސަލައަށް އޮތް ހައްލެއް ނޫން ކަމުގައި ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް މިހެން ވިދާޅުވީ، އެމަނިކުފާނުގެ އަމިއްލަފުޅު ބުލޮގްގައި އެކަމާއި ގުޅޭ ގޮތުން ލިޔުއްވި ލިޔުވުމެއްގައެވެ.

ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، ކުށްކުރާ ކުޑަކުދިންގެ މައްސަލައަކީ ދިވެހިރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމުގައި އަދި ޙައްލެއް ހޯދިފައިނުވާ މައްސަލައެއް ކަމަށެވެ. އަދި ދިވެހިރާއްޖޭގައި ކުށްކުރާ ކުދިންނާބެހޭ ފުރިހަމަ ދިރާސާއެއް ހެދިފައެއް ނެތްކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ޕީޖީ ޙުސައިން ޝަމީމް ވިދާޅުވީ، ބޮޑެތި މީހުން ކުށްކުރާ ސަބަބުތަކާއި ކުޑަކުދިން ކުށް ކުރާ ސަބަބުތައް ތަފާތު ކަމަށެެވެ. މިގޮތުން އެމަނިކުފާނު ލިޔުމުގައި ފާހަގަކުރައްވާފައި ވަނީ، ދިވެހިރާއްޖޭގައި ކުޑަކުދިން ކުށްކުރާކަމަށް ފެންނަނީ، އެކުދިންގެ މާޙައުލުން އެކަމަށް ހިތްވަރު ލިބޭތީ ކަމަށެވެ. އެހެންކަމުން، ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށްޓަކައި ކުރަންވީ އެއްކަމަކީ ކުށުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން ތިބި މާޙައުލު ބަދަލުކުރެވޭތޯ ބެލުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މާޙައުލު ބަދަލުކުރުމަށްކުރާ އިންވެސްޓްމަންޓަކީ ކުއްޖަކު ޖަލުގައި ބަންދުކުރުމަށް ހިނގާ ޚަރަދަށްވުރެ ކުޑަ، އޭގެ ނަތީޖާ މާ ރަނގަޅުވާނެ އިންވެސްޓްމަންޓަކަށް ވާނޭ ކަމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ޕީޖީ ޝަމީމް ވިދާޅުވެފައި ވެއެވެ.

"ފުލުހުންގެ ތަޙްޤީޤީ ދާއިރާއާއި ސަރުކާރުގެ ބައެއް މީހުން ދެކެނީ، ޙައްލަކީ، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރު މިހާރު އޮތް 15 އަހަރުން، 12 އަހަރަށް، ނުވަތަ 10 އަހަރަށް ހަގު ކުރުމެވެ. އެއަށްފަހު، އެ ކުދިންގެ މައްޗަށް ޖިނާއީ ދައުވާކުރެވޭގޮތް ހެދުމެވެ. ޖިނާއީ ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމާއި ޖަލުގައި ބަންދުކުރުމަކީ އޭގެ ޒާތުގައި، އިޖްތިމާޢީ މައްސަލަތަކަށް އޮތް ޙައްލެއް ނޫނެވެ."

ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް--

ކުޑަކުދިން ޖިނާޢީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 15 އަހަރުން 12 އަހަރަށް ދައްކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމުގައި، ބަންޑާރަ ނައިބު އަޙްމަދު ޢުޝާމް ހާމަކުރެއްވީ ހުސްވި އޭޕްރީލް މަހުގެ ތެރޭގައެވެ.

ސަރުކާރުން މިދައުރުގެ ތެރޭގައި އިސްލާޙް ގެނައުމަށް ކަނޑައަޅާފައިވާ ޤާނޫނު ތަކުގެ ތެރޭގައި، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުވެސް ހިމެނެއެވެ.

ޕީޖީ ޙުސައިން ޝަމީމް ހާމަކުރައްވާފައިވާ ގޮތުގައި، ކުށްކުރުމާ ގާތަށް ދެވިދާނެކަމަށް ފެންނަ 200 ވަރަކަށް ކުދިން ރާއްޖޭގައި އެބަ އުޅެއެވެ. އަދި އެއީ ޤައުމީ މައްސަލައަކަށް ވުމަކީ ދުރުގައި އޮތް ކަމެއް ނޫންކަންވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮމެންޓް
އަލީ
ރާއްޖެއަށް ދިމާވާ އެންމެ ބޮޑުމައްސަލައަކީ އެއްވެސް ކަމެއް ދިރާސާ ނުކޮށް އެމީހަކަށް ފެންނަގޮތް އެއީ އެންމެ ރަނގަޅުގޮތް ކަމަށް ހަދައިގެން ލިބިފައިއޮންނަ ބާރެއްގެ ބޭނުންކޮށްގެން ކަންކަމުގައި ގޮތް ނިންމާ ނިންމުން.
21 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.