Advertisement

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: އާއިލާ އާއި ބެހޭ މިނިސްޓްރީ.

10 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ގުޅޭ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ކުޑަކުދިން އަނިޔާއިން ރައްކާތެރިކުރުމާއި ގުޅޭތުން، 2024އިން 2028އަށް ތަންފީޒުކުރުމަށް ބޭނުންވާ، ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ އާއި މިއަދު ބަނޑޮސް މޯލްޑިވްސްގައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވާ ގޮތުގައި، ބަނޑޮހުގައި ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ކަމާއި ގުޅުންހުރި ސަރުކާރުގެ މުއައްސަސާތަކާއި، އިދާރާތަކާއި  ބައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން ކުޑަކުދިންގެ ރަޢުޔު ހޯދުމަށްޓަކައި ސްކޫލް ދަރިވަރުންވެސް ބައިވެރިވެފައިވެއެވެ.

ވުޒާރާއިން ވިދާޅުވީ، ނޭޝަނަލް އެކްޝަން ޕްލޭން 2024-2028 އެކުލަވާލުމަށް ކުރިއަށް ގެންދާ މި މަޝްވަރާތަކުގައި، އެކަމުގައި ހުރި ގިނަ ގޮންޖެހުންތައް ފާހަގަކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް މަސައްކަތްކުރުމުގައި ހުރި ޤާނޫނީ ގޮންޖެހުންތަކާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކުރެވިފައި ކަމަށެވެ. އަދި މުއައްސަސާތަކާއެކު ގުޅިގެން ކުރެވޭ މަސައްކަތްތަކުގައި ދިމާވާ ދަތިތަކާއި، ވަސީލަތްތައް ލިބުމުގެ ދަތިކަމާއި، ކުޑަކުދިންގެ ހައްޤުތަކާއި ކުޑަކުދިންގެ ޒިންމާތައް ހަމަހަމަކުރުމުގައި ހުރި ގޮންޖެހުންތަކާއި، ރައްކާތެރިކަމުގެ މަސައްކަތްތައް އިތުރުކުރުމުގެ މުހިންމުކަމަށް މި މަޝްވަރާތަކުގައި އަލިއަޅުވާލެވުކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ދެ ދުވަހުގެ މި ޓެކްނިކަލް ސެޝަންތަކުގައި ކުރިއަށް ގެންދެވުނު މަޝްވަރާތަކަކީ ނަތީޖާއަށް ބިނާކުރެވިގެން ކުރިއަށް ގެންދެވުނު މަޝްވަރާތަކެއް ކަމަށާއި، މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާއި ރައްދުދިނުމުގައި ވަށާޖެހޭ ހައްލެއް ކަށަވަރުކޮށްދީ، ކުޑަކުދިން ރައްކާތެރިކުރުމުގެ އެންމެހައި ދާއިރާތައް އެކްޝަން ޕްލޭންގައި ހިމެނުމަށް ވަރަށް ބޮޑު އިސްކަމެއް ވަނީ ދީފައި ކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.