Advertisement

ފޮރިން މިނިސްޓަރ މޫސާ ޒަމީރު -- ފޮޓޯ ރައީސް އޮފީސް

12 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނު ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އަދަދު 50 ހާސް ޑޮލަރަށް ބޮޑު ކުރެއްވުމަށް ނިންމަވައިފި

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް, (UNRWA) ފަންޑަށް ރާއްޖެއިން ކޮންމެ އަހަރަކު ދެމުންނަ އެހީ 50،000 ޑޮލަރަށް ބޮޑު ކުރެއްވުމަށް ސަރުކާރުން ނިންމަވައިފިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފެށުމުގެ ރަސްމިއްޔާތުގައި މިކަން އިޢުލާނު ކުރެއްވީ، ރާއްޖޭގެ ޚާރިޖީ ވަޒީރު، މޫސާ ޒަމީރެވެ.

ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް, ފަންޑަށް މިހާތަނަށް ރާއްޖެއިން ދެމުން އައީ އަހަރަކު 5000 ޑޮލަރުގެ އެހީއެކެވެ. އެހެން ނަމަވެސް އެއަދަދު 10 ގުނައަށް އިތުރު ކުރައްވައި، މީގެ ފަހުން ކޮންމެ އަހަރަކު 50 ހާސް ޑޮލަރު ދިވެހި ސަރުކާރުން މި ފަންޑަށް ޖަމާކުރަމުން ދާނޭކަމުގައި ފޮރިން މިނިސްޓަރ މޫސާ ޒަމީރު މިއަދު ވަނީ ވިދާޅުވެފައެވެ.

ފަލަސްތީނަށް އެހީވުމަށް އުފައްދާފައިވާ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮރ ފަލަސްތީން ރެފިއުޖީސް، ފަންޑަކީ، އދ މަޖިލީހުން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން ވުޖޫދަށް ގެނައި ފަންޑެކެވެ. މިފަންޑަށް އިސްލާމީ ދުުނިޔޭގެ ޤައުމުތަކުންނާއި ދުނިޔޭގެ އެހެން ޤައުމުތަކުންވެސް އަންނަނީ އެހީތައް ފޯރުކޮށްދެމުންނެވެ.

ގާޒާގައި އިޒްރޭލުގެ ހައްުދު ފަހަނައެޅި ޞަޙްޔޫނީ ސިފައިން، ޤަތުލްޢާއްމުތައް ހިންގަމުން އަންނަތާ 8 މަހަށްވުރެ ގިނަ ދުވަސްވެފައި ވާއިރު، މުޅި ގާޒާ ވަނީ ސުންނާފަތިކޮށްފައެވެ. އަދި 35000 ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، ދޮޅުލައްކަ މީހުން ވަނީ ޒަޚަމްވެފައެވެ. މީގެ އިތުރުން ގާޒާއަށް ފެނާއި ކާބޯތަކެތި ވެއްދުން މަނާކޮށް އިޒްރޭލުން ވަނީ އުތުރު ގާޒާ ބަނޑަށް ޖައްސާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.