Advertisement

އެމްއެންޑީއެފުން ހަދިޔާކުރާ ފައިސާގެ ރަމްޒީ ލިޔުން ހަވާލުކުރުން -- ފޮޓޯ: އެމްއެންޑީއެފް

12 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ފަލަސްޠީނަށް އެމްއެންޑީއެފުން 2.1 މިލިޔަން ރުފިޔާ ހަދިޔާކޮށްފި

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ 'ފަލަސްޠީނާއެކު ދިވެހީން' ޓެލެތޯނަށް، ޤައުމީ ދިފާއީބާރުން 2.1 މިލިޔަން ރުފިޔާ ހަދިޔާކޮށްފިއެވެ.

ޤައުމީ ދިފާޢީބާރުން ހަދިޔާކުރި މިފައިސާގެ ރަމްޒީ ލިޔުން، ޕީއެސްއެމްގެ މެނޭޖްމެންޓާއި ހަވާލުކޮށްދެއްވީ، ޑިފެންސް މިނިސްޓަރ ޣައްސާނު މައުމޫނާއި، ޗީފް އޮފް ޑިފެންސްފޯސް ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ.

ޤައުމީ ދިފާޢީ ބާރުން ވަނީ، ޖުމްލަ 2,169,826.32 (ދެމިލިއަން އެއްލައްކަ ފަސްދޮޅަސް ނުވަހާސް އަށްސަތޭކަ ސައްބީސް ރުފިޔާ ތިރީސް ދެލާރި) ރުފިޔާ، ފަލަސްތީނު ފަންޑަށް ހަދިޔާ ކޮށްފައެވެ.

މިއަދުގެ 08:00 އިން މެންދަމު 00:00 އަށް ކުރިއަށް ގެންދާ މި ޓެލެތޯނަށް ހަވީރު 5 ޖެހުމާއި ހަމައަށް، 6.6 މިލިޔަން ރުފިޔާ އާއި 14000 ވުރެ ގިނަ ޑޮލަރު ލިބިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.