Advertisement

ބޮޑުކަންނެލީގެ މަސްވެރި އުޅަނދުތަކުގައި ބެނާތައް ދަމާފައި -- ފޮޓޯ: ނޫން.އެމްވީ

12 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިން މުޒާހަރާއަށް ނުކުމެއްޖެ

މަސްވެރިންނަށް މަސްކިރުވާފައި ފައިސާ ނުދޭތީއާ ރާއްޖޭގައި ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާތީ އެކަމާއި ދެކޮޅަށް މަސްވެރިން އިހްތިޖާޖަށް ނުކުމެއްޖެއެވެ.

މިއަދު ހެނދުނުން ފެށިގެން މަސްވެރިން ޚާއްޞަކޮށް ބޮޑު ކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަުން ދަނީ، ސަރުކާރާއި ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑު އުފުަލަމުންނެވެ. ހުޅުމާލެ ކަންނެލި ޖެޓީގައި އަޅާފައިވާ ހުރިހާ މަސްވެރި އުޅަނދުތަކުގައިވެސް ވަނީ، ޝުއޫރުތައް ފާޅުކޮށް ބެނާ ދަމައި ދިދަތައް ނަގާފައެވެ.

ލޭނު އަޅައިގެން ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ހުއްދަ ދިނުމާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރީން ދަނީ ބޮޑު ކަންނެލި ޔޫނިއަންގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ އެހެން ފަރާތްތަކާއި އެކުވެސް މަޝްވަރާކުރަމުންނެވެ. އެހެން ނަމަވެސް ރާއްޖޭގެ ކަނޑުތަކުގައި ލޭނު އަޅައިގެން ބޮޑުކަންނެލީގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމާއި، ބޮޑު ކަންނެލި ޔޫނިއަންއިން ދެކޮޅެވެ.

މީގެ އިތުރުން މަސްވެރިން ކިރުވާފައިވާ މަހަށް މިހާތަނަށް 80 މިލިޔަން ރުފިޔާ ދޫނުކޮށް އޮތް އިރު މަސްވެރި އާއިލާތައް ނިކަމެތިވެފައިވާ ކަންވެސް މަސްވެރިން ފާހަގަކޮށްފައިވެއެވެ. ބައެއް މަސްވެރި އުޅަނދު ފަހަރުން ބުނެފައިވާ ގޮތުގައި ކިރުވާފައިވާ މަހަށް އެއްގޮތަކަށްވެސް ފައިސާ ނުލިބޭތާ މިހާރު 50 ދުވަސްވެއްޖެއެވެ.

ސަރުކާރުންނާއި މިފްކޯއިން ބުނެފައި ވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދޫކުރުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ފަށާނެ ކަމަށެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.