Advertisement

ރާއްޖެއިން ހައްޖަށްދާ އެންމެ ފަހު ގުރޫޕް ފުރުން -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

07 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ސަރުކާރުގެ ޚަރަދުގައި މިއަހަރު ހައްޖަށް ފޮނުވާ މީހުން ފުރައިފި

ސަރުކާރުގެ ހަރަދުގައި މިއަހަރު ހައްޖަށް ފޮނުއްުވުމަށް ކަނޑައެޅި މީހުންގެ ތެރެއިން 48 މީހުންނާއިއެކު، މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖުގެ އަޅުކަމަށް ފުރާ އެންމެ ފަހު ގުރޫޕްގެ މީހުން މިއަދު ފުރައިފިއެވެ.

މި ރިޔާސީ ދައުރުގެ ތެރޭގައި ސަރުކާރުގެ ޚަރަދުގައި 1000 މީހުން ހައްޖަށް ފޮނުއްވައި ދެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. މިގޮތުން ސަރުކާރުން ހައްޖަށް ފޮނުއްވައިދޭނެ މީހުން ހޮވަނީ، ހައްޖަށް ދިޔުމުގެ ކެރިފޯރުންތެރިކަން ނެތް މީހުންގެ ތެރެއިން ފަޤީރުންގެ ލިސްޓުގަިއ ހިމެނިފައިވާ މީހުންގެ ތެރެއިންނެވެ.

މިއަހަރު 50 މީހުން ހައްޖަށް ފޮނުއްވާފައިވާ އިރު، އޭގެ ތެރެއިން 2 މީހަކު ވަނީ، ކުރިން މައްކާއަށް ގޮސްފައެވެ. އިސްލާމިކް މިނިސްޓްރީން ހާމަކޮށްފައިވާގޮތުގައި، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ތެރެއިން، 667 މީހުންނަކީ، ސަރުކާރުގެ ޚަރަދުގައި ހައްޖަށް ފޮނުވުމަށް ކަނޑައެޅި ޝަރުޠުތައް ފުރިހަމަވާ މީހުންނެވެ.

ސަޢޫދީ އަރަބިއްޔާއިން މިއަހަރު ރާއްޖެއަށް ދޫކޮށްފައިވަނީ، 1000 ހައްޖު ކޯޓާއެވެ. ހައްޖަށް ދިޔަ މީހުންގެ ތެރެއިން އެހީތެރިން ނުލައި 980 މީހަކު މިހާރު ވަނީ، ރާއްޖެއިން ހައްޖަށް ގޮސްފައެވެ.

ކޮމެންޓް
ކައްދަ
ހައްޖު ކޯޕަރޭޝަންގެ ކިޔު ގަތިބި ވެސް ހަމަ ދިވެހިރައްޔަތުނިކަމެތިން މީހުން މުސްކުޅިން ވ. ބުރަމަސައްކަތް ކޮށްގެން ފައިސާހޯދާފަ ތިތަނަށް ދެއްކި މީހުން. ތި ފަގީރުންވެސް ކިއުގަޖައްސާ
08 Jun 2024
Ibrahim Rasheed
މަސްވެރިންނަލަަާރިނުދީ މީހުންހަޖަނފެޑުވަނީ ރަންފިހާރަަަަައިތަޅުދަޑި ޣޮތީހުދުޟަހީމްއަތި
08 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.