Advertisement

އުނގޫފާރުގަިއ ހާދިސާ ހިނގިތަން ---

08 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

އުނގޫފާރުގައި ކަރަންޓްގައި ޖެހުނު ކުޑަކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ

ހުސްވި މެއި މަހުގެ 23 ވަނަ ދުވަހު ރ. އުނގޫފާރުގައި ކަރަންޓްގައި ޖެހުނު ކުދަކުއްޖަކު ސަލާމަތް ކުރަން އުޅުމުގެ ތެރޭގައި ކަރަންޓްގައި ޖެހުނު 18 އަހަރުގެ ޒުވާނާ ނިޔާވެއްޖެއެވެ.

އެޒުވާނާ ނިޔާވީ، ކަރަންޓްގަިއ ޖެހުމުގެ ސަބަބުން، ދިމާވި ޞިއްޙީ މައްސަލަތަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު އެވެ.

މިހާދިސާގައި ނިޔާވީ، ރ. އުނގޫފާރު،  ދޫނިހުރާ ، ހުސައިން އަތީކް (18އ)އެވެ. އޭނާއަށް އެންމެ ފުރަތަމަ ފަރުވާދީފައި ވަނީ ރ، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ. އަދި އޭނާ މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ބާއްވައިގެން ފަރުވާ ދޭން ފަށާފައި ވަނީ، އޭގެ ތިން ދުވަސް ފަހުން، މެއި މަހުގެ 26 ވަނަ ދުވަހުން ފެށިގެންނެވެ.

ކަރަންޓްގައި ޖެހުމުގެ ސަބަބުން އެޒުވާނާގެ ސިކުނޑިއާއި އެތެރެހަށީގެ އެހެން ގުނަވަންތަކަށް ގެއްލުންތައް ލިބުނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.