Advertisement

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ --

05 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ކޯލިޝަނުގެ ތާއިދާއިއެކު މޯދީއަށް 3 ވަނަ ދައުރެއް ލިބިވަޑައިގެންފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއަށް ބީޖޭޕީ ކޯލިޝަނަށް ލިބުނު ތާއީދާއި އެކު، ތިންވަނަ ދައުރަކަށް އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަޤާމުފުރުއްވުމުގެ ފުރުޞަތު ލިބިވަޑައިގެންފިއެވެ.

ހަފްތާއަކަށް ދެމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބު، ޤާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކްޝަބާއަށް މެމްބަރުން އިންތިޚާބު ކުރުމަށް ނެގި ވޯޓުގައި ކުރިން ބީޖޭޕީން ހޯދާފައި އޮތް ސާފު މެޖޯރިޓީ މިފަހަރު އެޕާޓީއަށް ވަނީ ގެއްލިފައެވެ. ބީޖޭޕީއަށް ސަރުކާރު އެކުލަވާލަން ބޭނުންވާ 272 ގޮނޑި ލިބިފައި ނުވި ނަމަވެސް އެޕާޓީއާއިއެކު އިއްތިހާދުވެފައިވާ ޕާޓީތަކަށް ލިބުނު ގޮނޑީގެ އަދަދާއިއެކު، ބީޖޭޕީއަށް ސަރުކާރު އެކުލަވާލުމަށް ވަނީ ފުރުޞަތު ލިބިފައެވެ.

ވަގުތީ ނަތީޖާތަކުން ދައްކާ ގޮތުގައި، ބީޖޭޕީ ހިމެނޭ އެންޑީއޭ ކޯލިޝަނަށް ވަނީ 293 ގޮނޑި ލިބިފައެވެ. ބީޖޭޕީއަށް އެކަނި ލިބިފައި ވަނީ، 240 ގޮނޑިއެވެ. އިންޑިއާގެ އިދިކޮޅު ޕާޓީ އިންޑިއަން ނެޝަނަލް ކޮންގްރެސް ހަދާފައިވާ ކޯލިޝަނަށް ލިބިފައިވަނީ 232 ގޮނޑިއެވެ.

އިންތިޚާބުގެ ރަސްމީ ވަގުތީ ނަތީޖާތަކަށް ބަލާއިރު މިއިންތިޚާބުގައި ބީޖޭޕީއަށް މިހާރު އެޕާޓީއަށް ލިބިފައި އޮތް 63 ގޮނޑި ގެއްލިފައިވެއެވެ. އަދި ރާހުލް ގާންދީ ލީޑަރުކަން ކުރައްވާ އިންޑިއާ ނެޝަނަލް ކޮންގްރެސްއަށް އިތުރު 47 ގޮނޑު ކާމިޔާބު ކުރެވުނު އިރު، މިި އިންތިޚާބުގައި އެޕާޓީއަށް ޖުމުލަ 99 ގޮނޑި ލިބިފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.
26 Jun 2025
ޚަބަރު
އިޖުތިމާއީ ކަންބޮޑުވުންތަކުން ނަޖާވެވޭނީ އިސްލާމީ އުސޫލުތަކުން
ދިވެހި މުޖުތަމަޢުގައި ހުރި ކަންބޮޑުވުންތަކުން ނަޖާވެވި، ރައްޔިތުން އެދޭ ފާގަތިކަން ލިބުން އޮތީ އިސްލާމީ އުޞޫލުމަތީގައި ދެމިތިބެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، 1447 ވަނަ ހިޖުރީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.
26 Jun 2025
ޚަބަރު
ވޮރަންޓް އޮފިސަރުގެ ޖަނާޒާ ސިފައިންގެ ރަސްމީ ޢިއްޒަތުގައި ބާއްވައިފި
ވޮރަންޓް އޮފިސަރ 2 ޢަލީ ޙާމިދުގެ ޖަނާޒާ ބާއްވާފައިވަނީ ރޭ 22:45 ގައި މަސްޖިދުއް ޒައިދު ބިން ޘާބިތު (ހުޅުމާލެ ސަހަރާ) ގައެވެ. މި ޖަނާޒާގައި ދިފާޢީ ވަޒީރު، މުޙައްމަދު ޣައްސާން މައުމޫނާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘް އާއި ޖެނެރަލް އޮފިސަރުން އަދި ގިނަ އަދަދެއްގެ ސިފައިން ޢާއިލާއާ ބައްދަލު ކުރައްވައި ތަޢުޒިޔާ ދަންނަވާފައިވެއެވެ.