Advertisement

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން --

30 May 2024
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންނަށް އިންސާފު ޤާއިމްކޮށް ދިނުމަކީ ދައުލަތުގެ އެންމެ މުހިއްމު ވާޖިބު: ހޯމް މިނިސްޓަރ

މިސަރުކާރުގެ އެންމެ މުހިއްމު އެއް އަމާޒަކީ، ރައްޔިތުންނަށް އަމާން މާހައުލެއް ހޯދައި ދިނުން ކަމުގައި، ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ރޭ ބޭއްވި ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، ކުށްކުރުން މަދުކޮށް ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަޙްޤީޤުކޮށް ރައްޔިތުންނަށް އިންސާފު ޤާއިމްކޮށް ދިނުމަކީ، ދައުލަތުގެ އެންމެ މުހިއްމު އެއް ވާޖިބު ކަމަށެވެ. އެހެން ކަމުން، އެކަން ހާޞިލް ކުރުމަށްޓަކައި އެންމެ މުހިއްމު ދައުރެއް އަދާކުރަންޖެހޭ ބަޔަކީ، ދިވެހި ފުލުހުންކަން މިނިސްޓަރ އިޙްސާން ފާހަގަކުރެއްވިއެވެ. އަދި މިއަދު ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން ފުލުހުންގެ ކިބައިން އެދޭ ގިނަ ކަންތައްތަކަކާއި، ކުރާ ފޮނި އުއްމީދު ތަކެއް އެބަހުރި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

"ރާއްޖެއަކީ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކޮށްފައިވާ، މުޖުތަމަޢަކަށް ހެދުމާއި، ދިވެހިރާއްޖެއަކީ ގޭންގުހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގެ ގޮތަށް އޮތް އޮތުން ބަދަލުކުރުމާއި، ދިވެހި ރާއްޖޭގައި ޤަވާިއދާއި ޚިލާފަށް އުޅެމުންދާ ބޭރުމީހުންގެ ކަންކަން ޤާނޫނީ އިމަށް ގެނައުމަށް އެހީތެރިވުމަކީ، މީގެ ތެރެއިން އެންމެ މުހިއްމު ކަންކަން"

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން 

މިނިސްޓަރ އިޙްސާންގެ ވާހަކަފުޅުގައި ވަނީ، އެކަންކަން ކާމިޔާބު ކުރުމަށް، އަލަށް ފުލުހުންގެ ޚިދުމާއި ގުޅުނު ފުލުހުންވެސް ވެރިންގެ އިރުޝާދާއި އެއްގޮތަށް މަސައްކަތްތައް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެތެރެއާއި ބޭރުންވެސް އެކަން ކަމުގައި އުޅޭ މީހުންގެ ފަރާތްތަކުން ނުރަނގަޅު ނުފޫޒުތައް އަންނާނޭކަން ފާހަގަކުރައްވައި އެކަންކަމަށް ސަމާލުވެ ތިބުމަށްވެސް މިނިސްޓަރ އެދިވަޑައިގެންނެވިއެެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް 164 ފުލުހުން ވަނީ ފުލުހުންގެ ޚިދުމަތާއި ގުޅިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.