Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު --

29 May 2024
ޚަބަރު
ޢަލީ ސުލައިމާން

ތިމާވެށީގެ ދާއިރާއިން ލިބޭ އެހީތައް މަދުުކަމުގައި ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ކަންބޮޑުވުން ފާޅުކުރައްވައިފި

ފާއިތުވި 10 އަހަރުގެ ތެރޭގައި ތިމާވެށީގެ ދާއިރާއިން ކުރެވުނު މަސައްކަތްތަކަށް ލިބިފައިވާ އެހީ މަދުކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަންބޮޑުވުން ފާޅު ކުރައްވައިިފިއެވެ.

އެމަނިކުފާނު މިކަމުގެ ކަންބޮޑުވުން ފާޅު ކުރެއްވީ، އެންޓީގާގައި މިހާރު ކުރިއަށް ގެންދާ ހަތަރު ވަނަ ސިޑްސް ކޮންފަރެންސްގެ ހަވާސާގައި ބޭއްވި، ސިޑްސްގައި ހިމެނޭ ޤައުމުތަކުގެ އިޤުތިޞާދީ ހާލަތާއި އުފެއްދުންތެރިކަން ކުރިއެރުވުމާއި ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ފާއިިތުވެ ދިޔަ 10 އަހަރުގެ ތެރޭގައި، ކޮޕްސަމިޓާއި، ޕެރިސް އެގްރީމެންޓާއި، ކްލައިމެޓް އެޖެންޑާގައިވެސް، މޫސުމީ ބަދަލުގެ ސަބަބުން ގެއްލުންތައް ލިބެމުން އަންނަ ޤައުމުތަކަށް އެހީތެރިވުމަށް ބޮޑެތި ވަޢުދުތައް ވެފައިވާ ކަމަށެވެ. އެހެން ނަމަވެސް، އެ އެހީތަކުން ފާއިތުވި އަހަރުތަކުގައި ލިބިފައި ވަނީ ކުޑަ މިންވަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ސިޑްސްގެ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ، އެޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ލިބިގެން ކަމަށެވެ.  އަދި ސިޑްސްގެ ހުރިހާ ޤައުމަކަށްވެސް ދިމާވެފައި އޮތް މައިގަނޑު އެއް މައްސަލައަކީ އުފެއްދުންތެރިކަން ދަށްވުމުގެ މައްސަލަކަންެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.