Advertisement

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް --

30 May 2024
ޚަބަރު

ޢާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފި

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން، ޢާއިލީ އަދި އިޖުތިމާޢީ އެއްބައިވަންތަކަން ހަރުދަނާ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މެއި މަހުގެ 29 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ޢާއިލާތަކަށް އެހީތެރިވެ، އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމަށް އެހީތެރިވުމަށްޓަކައި ކުރެވޭނެ ކަންކަން  ދެނެގަނެ، މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުއް ކަމަށެވެ.

މި ބައްދަލުވުމުގައި އިޖުތިމާޢީ މަދަދުވެރިން ނުވަަތަ ސޯޝަލް ވޯކަރުން  ތަމްރީނުކުރުމާއި ގުޅޭ ގޮތުން، އެމް.އެން.ޔޫ އާއިއެކުގައި މަޝްވަރާކުރެވިފައިވާ ކަމުގައި އެވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ޢާއިލާތަކަށް އެހީތެރިވުމުގައި އިޖުތިމާޢީ މަދަދުވެރިންގެ މުހިންމު ދައުރު ދެނެގަނެ، އެފަރާތްތަކުގެ ޤާބިލިއްޔަތު އިތުރުކުރުމަށް ޚާއްޞަ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ނިންމާފައިވާ ކަމުގައިވެސް އެވުޒާރާއިން ވިދާޅުވިއެވެ. މި ތަމްރީނުތަކުގެ އަމާޒަކީ މިފަދަ ފުރުޞަތުތަކުގެ  ޒަރީޢާއިން، އެފަރާތްތަކަށް ބޭނުންވާ ހުނަރާއި ޢިލްމު ލިބި، މުޖުތަމަޢުގައި އެހީތެރިކަމަށް ބޭނުންވެފައިވާ ޢާއިލާތަކަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭނެ ޚިދުމަތްތެރިން ބިނާކުރުން ކަމަށެވެ.

މީގެއިތުރުން، ⁠ޢާއިލީ ގިޔަމު (ފެމިލީ ވެލިއުސް) ތަކާއި، ޢާއިލާތައް ރޫޅިގެންދާ ސަބަބުތަކާއި، އެކަމުގެ ސަބަބުން ކުޑަކުދިންނާއި، ޢާއިލާތަކާއި، މުޖުތަމަޢަށް ކުރާ އަސަރު ދެނެގަތުމާ ބެހޭގޮތުން ޤައުމީ ފެންވަރުގެ މަޝްވަރާއެއް ބޭއްވުމަށްވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަމުގައިވެސް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މިގޮތުން މި މަޝްވަރާތަކުގެ ހޯދުންތައް ޤައުމީ މަހާސިންތާއެއްގައި ހުށަހަޅައި، ޢާއިލާތައް އިތުރަށް ހަރުދަނާކޮށް، ޢާއިލީ ގުޅުން ބަދަހިކުރުމަށް މިހާރު ހުރި ނިޒާމްތަކާއި، އަދި މުސްތަޤްބަލުގައި ޤާއިމް ކުރާ ނިޒާމުތައް އިތުރަށް ހަރުދަނާކުރުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނު ކަމުގައ އެވުޒާރާއިން ވިދާޅުވިއެވެ.

ހަމަ މިއާއެކު، ޢާއިލީ ގުޅުންތަކާއި އިޖުތިމާޢީ އެއްބައިވަންތަކަން ކުރިއެރުވުމާއި ގުޅޭ ގޮތުންވެސް މަޝްވަރާކޮށްފައިވާ ކަމަށާއި، މިގޮތުން ޢާއިލާތައް ރޫޅުމުން ކުރިމަތިވާ އިޖުތިމާޢީ މައްސަލަތައް މަދުކޮށް، އެއްބައިވަންތަ އަދި އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި، އެކަން ހާސިލުކުރުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލެވިފައި ކަމުގައި އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިފަދަ ކޮންމެ ބައްދަލުވުމެއްގެ މަޤުޞަދަކީ، ޢާއިލާތަކާއި މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކޮށް، އެހީތެރިކަމުގެ ނިޒާމުތައް ވަރުގަދަކޮށްގެން، އަބުރުވެރި، އުފާވެރި ދިރިއުޅުމެއް އުޅުމަށް ޢާއިލާތައް ބާރުވެރިކުރުވުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.