Advertisement

އައިޝާ ނޫރްޢައިން ޖަނާޙް --

22 May 2024
ޚަބަރު
ޢަލީ ސުލައިމާން

އެންމެ ފަހުން ނޫރްޢައިން މަޤާމުން އިސްތިޢުފާ ދެއްވައިިފި

އެމްއެމްޕީއާރްސީގެ ޗެއާ ޕަރސަންގެ މަޤާމުގައި ހުންނެވި، އައިޝާ ނޫރްޢައިން ޖަނާޙް، އެމަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ މަޤާމުން އިސްތިއުފާ ދެއްވިކަމުގެ އަޑުތައް ފެތުރުނު ނަމަވެސް އެކަމާއި ގުޅޭ ގޮތުން ނޫރްޢައިން އެއްވެސް ވާހަކަފުޅެއް ދައްކާވައެއް ނުވެއެވެ. އެހެން ނަމަވެސް ނޫރްޢައިން އާއި އާއިލީ ގުޅުން އޮންނަ ބައެއް ފަރާތްތަކުން ވަނީ ނޫރްޢައިން އިސްތިއުފާދެއްވިކަމުގައި މައުލޫމާތު ދެއްވާފައެވެ.

އައިޝާ ނޫރްޢައިން ޖަނާޢްއަކީ، ޕްރިންސިޕަލް އެޑްވައިޒާ އޮން ޓްރޭޑް އެންޑް އިންވެސްޓްްމަންޓު މުހައްމަދު ޢަލީ ޖަނާޙްގެ ދަރިކަނބަލުންނެވެެ. ޖަނާޙްއަކީ، މިސަރުކާރުގައި މުހިއްމު ދައުރެއް އަދާކުރައްވަމުންގެންދަވާ ބޭފުޅެކެވެ.

ނޫރްޢައިން މަޤާމުން އިސްތިއުފާ ދެއްވާފައި މިވަނީ، ޓުއަރިޒަމް މިނިސްޓަރ އިބްރާހީމް ފައިސަލްއަށް ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވަން އެނގިވަޑައިނުގެން، ރާއްޖެ ތަމްސީލް ކުރަންޖެހޭ ބޮޑެތި ކޮންފަރެންސްތަކާއި ބައްދަލުވުންތަކުގައި ކޮށި އިނގިރޭސި ބަހުން ވާހަކަފުޅު ދައްކަވާތީ، ސިޔާސީ ފަރާތްތަކުންނާއި އާއްމު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވި ދަނޑިވަޅުގައި، ނޫރްޢައިންގެ ޤާބިލްކަމާއި ވާހަކަދެއްކުންތެރިކަމަށް އާއްމުންނާއި ނޫސްތަކުން ވަރަށް ބޮޑަށް ތަޢުރީފްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެހެންވެ، ނޫރްޢައިން ޓުއަރިޒަމް މިނިސްޓަރުގެ މަޤާމަށް އައުމަށް މަސައްކަތް ކުރާކަމަށް ތުހުމަތުކޮށް ސަރުކާރުގެ ތެރެއިން ވަނީ އޭނާއަށް ފިއްތުންތައް ކުރިމަތި ކުރުވާފައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.