Advertisement

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި، ޢަބްދުއްރަހީމް -- ފޮޓޯ: ޕީއެންސީ

22 May 2024
ޚަބަރު
ޢަލީ ސުލައިމާން

މަޖިލީހުގެ ރައީސަކަށް އަބްދުއްރަހީމް، އަދި ނައިބު ރައީސަކަށް ނާޒިމް

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމަށް އަބްދުއްރަހީމް އަދި ނައިބު ރައީސްގެ މަޤާމަށް އަޙްމަދު ނާޒިމް ޢައްޔަނުކުރުމަށް ޕީއެންސީން ނިންމައިފިއެވެ.

އެޕާޓީން މިގޮތަށް ނިންމާފައި ވަނީ، އެޕާޓީން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު މުލީއާގޭގައި ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. އެދެބޭފުޅުން އެމަޤާމުތަކަށް ޢައްޔަނު ކުރެއްވުމަށް ހުށައެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަޤާމަށް، ޢައްޔަނުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުއްރަޙީމްގެ ނަންފުޅު ހުށައެޅުއްވި އިރު، ޢަބުދުއްރަޙީމްއަކީ މިސަރުކާރު އުފެއްދުމުގެ އެންމެ ބޮޑު މޭސްތިރިޔާއެވެ. ރައީސް ޑޮކްޓަރ މުހައްމަދު މުޢިއްޒާއި އެކުގައި ރިޔާސީ ރޭހަށް ނުކުތުމުގެ ނިންމެވުމުން ނިންމަވައި އެންމެ ބޮޑަށް އެކަމަށް މަސައްކަތް ކުރެއްވި ބޭފުޅަކީ ޢަބުދުއްރަހީމްއެވެ. ރައްޔިތުންގެ މަޖިލީހަށް އޭނާ އިންތިޚާބުވެވަޑައިގެންނެވީ، އޭނާ ނިސްބަތްވާ ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވައި އެގޮނޑި ކާމިޔާބު ކުރައްވައިގެންނެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް އަބްދުއްރަހީމް ވަނީ އެދާއިރާގެ ގޮނޑި ފުރުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް ކަމުުގެ މަޤާމަށް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވީ، ދިއްގަރު ދާއިރާގެ މެމްބަރު އަޙްމަދު ނާޡިމެވެ. ނާޡިމަކީ މީގެ ކުރިންވެސް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ގޮނޑިވެސް އޭނާ ފުރުއްވިއެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ އާއިއެކުގައި އެޕާޓީއަށް ރައްޔިތުންގެ މަޖިލީހުގެ 74 މެމްބަރުން އެބަތިއްބެވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ވަނީ، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުކަމަށާއި ނައިބު ލީޑަރުކަމުގެ މަޤާމަށް ޢައްޔަނުކުރައްވާނޭ ބޭފުޅުންވެސް ކަނޑައަޅާފައެވެ. ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރަކަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަޙްމަދު ފަލާޙް އައްޔަނުކުރެއްވުމަށާއި، ޑެޕިއުޓީ ލީޑަރަކަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ޢައްޔަނުކުރެއްވުމަށްވެސް ވަނީ ހުށައަޅުއްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.