Advertisement

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

21 May 2024
ޚަބަރު
ޢަލީ ސުލައިމާން

ނަތަންޔާހޫ އާއި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމަށް އެދި ހުށައެޅުމުން ރައީސް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެ

ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ޤަޠުލްޢާއްމުތައް ހިންގަމުން ގެންދާ އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއީ ޑިފެންސް މިނިސްޓަރ ޔޯވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށްއެދި އިންޓަރނޭޝަނަލް ކްރިމިނަލްކޯޓު، (އައި.ސީ.ސީ)ގެ ޗީފް ޕްރޮސެކިއުޓަރު ކަރީމް ޚާން ހުށައެޅުއްވި ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާ މަރުޚަބާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޓްވީޓުގައި ވިދާޅުވީ، އިޒްރޭލުގެ އިސްވެރިން ހައްޔަރު ކުރުމަށް އިންޓަރނޭޝަނަލް ކްރިމިނަލްކޯޓަށް އެދި ހުށައެޅުމަކީ ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގައި މިހާތަނަށް، އެޅުނު އެންމެ މުހިއްމު ފިޔަވަޅު ކަމުގައެވެ.  އަދި އެއްވެސް ޤައުމަކީ ބައިނަލްއަޤުވާމީ ޤާނޫނުތަކަށް ބޯ ނުލަބައި ތިބެވޭނެ ޤައުމުތަކެއް ނޫންކަމަށާއި، އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގަމުންދާ ޤަޠުލު ޢާއްމުތައް ބަލައި ފިޔަވަޅު އެޅެން ޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިޒްރޭލުގެ ބޮޑުވަޒީރާއި ޑިފެންސް މިނިސްޓަރު ހައްޔަރު ކުރުމުގެ އަމުރަށް އެދި ހުށައެޅި އިރު އެކަަމަށް އެކަށީގެންވާ ހެކިތައް ހޯދިފައި ހުރިކަން ޔަޤީން ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރާއި، ޑިފެންސް މިނިސްޓަރުގެ އިތުރުން، ޙަމާސްގެ ވެރިޔާ އާއި ހަމާސްގެ އަސްކަރީ ގޮފީގެ ވެރިޔާ ހައްޔަރުކުރުމަށް އަމުރަކަށްވެސް ވަނީ އައިސީސީއަށް ހުށައަޅާފައެވެ.

ފާއިިތުވި 75 އަހަރު އިޒްރާއީލުން ވަނީ ފަލަޞްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ބޮޑެތި ޤަޠުލުޢާއްމުތައް ހިންގާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.