މާފަންނު ސްޓޭޑިއަމް --
މާފަންނު ސްޓޭޑިއަމްގެ ފެންސްތަކަށް ގެއްލުން ލިބި މަގު ބަންދުކޮށްފި
ގަދަވައިގެ ސަބަބުން މާފަންނު ސްޓޭޑިއަމަށް ގެއްލުން ލިބި މާފަންނު ސްޓޭޑިއަމްގެ އަމީނީމަގާއި ވީފަޅިން މަގު ބަންދުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ އަމީނީ މަގުގެ ދެކުނުފަޅި ލޭން އާއްމު ދަތުރުފަތުރަށް ބަންދުކޮށްފައިވާ ކަމަށާއި، މަގު ބަންދުކުރަން ޖެހުނީ މާފަންނު ސްޓޭޑިއަމްގެ އުތުރު ފަޅީގެ ފެންސްތަކަށް ގެއްލުންތައް ލިބެމުން އަންނާތީ ކަމަށެވެ.
މިގޮތުން އަމީނީ މަގު މާފަތްތަކުރުފާނު މަގާއި ގުޅުނު ކަންމަތިން ފެށިގެން، ހުޅަނގަށް ގޮސް އަމީނީ މަގު ހިލާލީ މަގާއި ގުޅޭ ހަތަރު އަނގޮޅިއާ ހަމައަށް ބަންދުކޮށްފައިވާ ކަމަށް ފުލުުހުން ވަނީ މިރޭ ބުނެފައެވެ.